ކ. މާލެ
|
19 މެއި 2020 | އަންގާރަ 14:51
އިންޑިއާ މަނަވަރުގައި ފުރި މީހެއްގެ ޕާސްޕޯޓް ޗެކްކުރަނީ- ރާއްޖޭގައި ތާށިވި އިންޑިއާ މީހުން ފޮނުވަން ދެ ސަރުކާރުން ދަނީ ގުޅިގެން މަސައްކަތް ކުރަމުން
އިންޑިއާ މަނަވަރުގައި ފުރި މީހެއްގެ ޕާސްޕޯޓް ޗެކްކުރަނީ- ރާއްޖޭގައި ތާށިވި އިންޑިއާ މީހުން ފޮނުވަން ދެ ސަރުކާރުން ދަނީ ގުޅިގެން މަސައްކަތް ކުރަމުން
ރާއްޖެއެމްވީ
މަނަވަރުން ދިޔަ ބަުޔަކު ޕޮޒިޓިވްވުން
އިންޑިއާ މަނަވަރުގައި ރާއްޖެއިން ދިޔަ އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް
ޕޮޒިޓިވްވީ އުމުރުން 44 އަހަރުގެ ފިރިހެނެއް
ތާރީޚު ހާމަ ކޮށްފައެއް ނުވޭ
ކުރިން ދިޔަ ތިން މީހުން ޕޮޒިޓިވްވީކަން ސަރުކާރުން ވަނީ ހާމަކޮށްފަ

އިންޑިއާ ރައްޔިތުން ބަލާ ރާއްޖެއައި އެޤައުމުގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރުން ގެންދިޔަ އިތުރު މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ޕޮޒިޓިވްވެފައި ވަނީ ދެކުނު ކެރެލާ ސްޓޭޓުގެ ވެއްލަނަންދު އަވަށަށް ނިޞްބަތްވާ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މިހާ ކޮވިޑް-19 އަށް ޕޮޒިޓިވްވީކަން އެނގުނީ ބޯޓުން ކޮޗިން އަށް ފޭބިތަނުން އޭނާގެ ފަރާތުން އަލާމާތްތައް ފެނިގެން ހެދި ޓެސްޓުތަކުން ކަމަށެވެ. އެ މީހާ އިންޑިއާ އަށް ދިޔަ ތާރީޚު ރިޕޯޓުކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ މަނަވަރުގައި ދިޔަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ވަނީ މީގެ ކުރިން ވެސް ރިޕޯޓު ކޮށްފަ އެވެ. މަނަވަރުގައި ދިޔަ ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

- ކޮމެންޓް