Advertisement
ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 18:43
އަންގާރަ ދުވަހުގެ ހަފްލާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
އަންގާރަ ދުވަހުގެ ހަފްލާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ޕާޓީ ބަދަލުކުރުން
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
ގޮނޑި ދޫކޮށްލާފަ އަލުން އިންތިޚާބަށް ކުރިމަތިލާން ކެރެންޖެހޭނެ
އިންތިޚާބުވީ މެންބަރުން އަމިއްލަފުޅަށް ކުރެއްވި މަސައްކަތަކުންނެއް ނޫން
އެމްޑީޕީގެ ހަތަރު މެންބަރަކާއި ޖުމްހޫރީ ޕާޓީގެ ހަތް މެންބަރަކު ޕީޕީއެމްއާ ގުޅުނު

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް، އިންތިޚާބު ކާމިޔާބުކުރުމަށްފަހު އެހެން ޕާޓީތަކާ ގުޅިވަޑައިގެންނެވި މެންބަރުންނަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

 

ޕީޕީއެމްއަށް އަލަށް ގުޅުނު މީހުންތަކެއްގެ ފޯމްތައް ހަވާލުކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ޕާޓީ ބަދަލުކުރެއްވި މެންބަރުންނާ ޗެލެންޖެއް ކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ކެރިވަޑައިގަންނަވާނަމަ ގޮނޑި ހުސްކޮށް، އަމިއްލަ އަށް އަނެއްކާ ވެސް އިންތިޚާބު ވުމަށް އެ މެންބަރުންނާ ޗެލޭންޖް ކުރައްވާފަ އެވެ.

 

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެންބަރުން އެހެން ޕާޓީތަކާ ގުޅިވަޑައިގަންނަވާތީ އެ ވާހަކަ އެމަނިކުފާނު ދައްކަވަނީ ހިތްބުރަކަމާއި ހިތްދަތިކަމާއެކު އެވެ. އެމަނިކުފާނު ވިދާޅުވީ މެންބަރުން އިންތިޚާބު ވެވަޑައިގަތީ ހަމައެކަނި އެބޭފުޅުން އަމިއްލަފުޅަށް ކުރެއްވި މަސައްކަތަކުން ނޫން ކަމަށެވެ. އަދި ވެރިކަމާ ހަމައަށް މި ސަރުކާރަށް އާދެވުނީ ވެސް ބަޔަކާ ގުޅިގެން ރައްޔިތުން ތާއީދުކުރާ ފިކުރެއް ރައްޔިތުންނަށް ދައްކައި، އެ ފިކުރު ވިއްކައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

"ހަމަ އެއްގޮތަކަށް ވެސް ތިބޭފުޅުން ވަޑައިގަތީ ހަމައެކަނި ތިބޭފުޅުންގެ އަމިއްލަފުޅު މަސައްކަތްތަކުންނެއް ނޫން، ބަޔަކާ ގުޅިގެން ބައެއްގެ ފިކުރާއެކީ އަދި އެ ފިކުރަނީ ރައްޔިތުންގެ ގިނަ ބަޔަކު ތާއީދުކުރާ ފިކުރަކަށް ވާތީ، އަދި އެ ފިކުރުގެ ތެރެއިން ސަރުކާރުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާ ތަރައްގީއާއި، އެކި ގިންތިތަކަށް ނުފުދިފައި ހުރި ކަންތައްތައް ފުއްދައިދޭނަކަމާއި، އޯގާތެރި މުޖުތަމައުއެއް ބިނާކުރާނެކަމާއި، ރާއްޖެއަކީ އަމާންތަނަކަށް ވާނެ ކަމާއި، ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނޯންނާނެކަމާއި، މިކަހަލަ އެތައް ބައިވަރު ކަންތައްތަކެއް އެކުލެވޭ ވާހަކަތަކެއް އަޅުގަނޑުމެން ދައްކަމުން ރައްޔިތުންނަށް ވިއްކަމުން ވެރިކަމާ ހަމައަށް އާދެވުނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް-އެމްޑީއޭ ޕީޖީ ގްރޫޕް ބައްދަލުވުމެއްގައި ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މެންބަރުން އިންތިޚާބު ކޮށްފައި ތިބީ ވަރުގަދަ އަމަނާތާކަކާއެކު ކަމަށާއި، އެ އަމާނާތް ދޫކޮށް މެންބަރުން އެހެން ތަންތަނަށް ވަޑައިގަތުމަކީ ފަސޭހަކަމެއް ނޫން ކަަމަށެވެ.

 

"އޭގެ ދިލަޖެހިގެން ވަޑައިގެންނެވި ބޭފުޅުން އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އެހެންވީމަ އެ ދާއިރާއިން ވޯޓް ލެއްވި ބޭފުޅުން ވޯޓް ލައްވާފަ އެއޮތީ އެ އަމާނާތް ފުރިހަމަކުރަން، އެހެންވީމަ ފަސޭހަަކަމެއް ނޫން އަޅުގަނޑުމެންގެ ޕާޓީން ވެސް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން އެ އޮތް އަމާނާތް ދޫކޮށްލައްވާފަ އެހެން ތަންތަނަށް ވަޑައިގަތުމަކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

 

ރައީސް ޔާމީން ވިދާޅުވީ އެތައް މަސައްކަތްތަކާއެކު މަޖިލިހަށް އިންތިޚާބުކޮށްފައިވާ މެންބަރުން އެމަނިކުފާނު ދޫކުރައްވައި އެހެން ދިމަދިމާލަށް ވަޑައިގަތުމުން ވަރަށް ހިތްދަތިވާ ކަމަށެވެ. އަދި އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

"އަޅުގަނޑެއް ނޭދެން އަޅުގަނޑުމެންގެ އެތައް މަސައްކަތަކާ ފިކުރާ އަދި އަޅުގަނޑުމެންގެ އަޒުމާއެކީ އަޅުގަނޑުމެން ނިކުމެ އެކި ދާއިރާތަކުން އަޅުގަނޑުމެންގެ ފިކުރު ރައްޔިތުން ގަބޫލުކޮށްގެން އިންތިޚާބުކޮށްފަ ތިބޭ މެންބަރުން އަޅުގަނޑުމެން ދޫކޮށްލާފަ އެކި ދިމަދިމާލަށް ދިޔައީމަ އަޅުގަނޑަށް ހިތްދަތިކަން އާދޭ، އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

 

ރައީސް ޔާމީން ސިފަކުރެއްވި ގޮތުގައި މެންބަރުންނާއި ޕާޓީއާއެކު ހެދިފައިވަނީ އިޖުތިމާއީ އަހުދެކެވެ. އެ އަހުދާ ޚިލާފުވާ މެންބަރުންނަށް އިސްތިއުފާ ދިނުމަށް ފަހު އަމިއްލަ މަސައްކަތުން ގޮނޑި ކާމިޔާބު ކުރުމުގެ ކެރުންތެރިކަން ހުންނަންވާނެ ކަމަށް އެމަނިިކުފާނު ވިދާޅުވި އެވެ.

 

"ސޯޝަލް ބޮންޑަކަށް ވިސްނާ ކަމަށްވަންޏާ ކޮންޓްރެކްޓަކީ ދެފަރާތުގެ އަހުދެއް އެހެންވީމަ އެއްފަރާތަކުން އެ އަހުދު އުވާލައިފި ކަމަށްވަންޏާ އެ އަހުދުގެ މަތީގައި އަނެއް ފަރާތަކަށް ނުހުރެވޭނެ އެ ކެރެންވާނެ އޭނައަށް އެ ޒިންމާ ދޫކޮށްލަން ކެރެންވާނެ ގޮނޑި ހުސްކޮށްފަ ނިކުމެ އަމިއްލައަށް އިންތިޚާބަށް ކުރިމަތިލާފަ ހޮވިލަން، އެ ޖާގަ ލިބެން ކެރެންވާނެ،" ރައީސް ޔާމީނު ވިދާޅުވި އެވެ.

ޕީޕީއެމް-އެމްޑީއޭ ޕީޖީ ގްރޫޕް

ރައީސް ޔާމީނު ވިދާޅުވީ ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައި ނެތުމުން ޕާޓީ ބަދަލުކުރި ނަމަވެސް، ފަސް އަހަރުގެ ދައުރެއް ވަންދެން ހުރެވިދާނެ ކަމަށެވެ. މެންބަރު އިންތިޚާބުކޮށްފައިވަނީ ޕީޕީއެމްގެ ފިކުރާއެކު ކަމަށްވާނަމަ އެ ފިކުރަށް ފަސްދޭ ހިސާބުން އަމިއްލައަށް ވާދަކޮށްގެން އިންތިޚާބުވުމުގެ ކެރުންތެރިކަން ހުންނަންވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކޮށް ވަޑައިގެންނެވި މެންބަރުންނާ ޗެލޭންޖް ކުރައްވާފަ އެވެ.

 

"ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައި ނެތީމަ ފަސް އަހަރުގެ ދައުރެއް ހުރެވިދާނެ އެކަމަކު ދާއިރާގެ މީހުން އެހާ ވަރަށް އެ ދާއިރާއަށް ހޮވާފަ މިއޮތީ ޕީޕީއެމްގެ ފިކުރާއި ވަކި ފިކުރަކާއެކީ ކަމަށް ވަންޏާ ދެން އެ ފިކުރު ދޫކޮށްލާފަ ފުރަގަސްދީފަދާ ކަމަށް ވަންޏާ އެއީ ރައްޔިތުންނަށް ޚިދުމަތްކުރާ އިޚުލާސްތެރި އަދި ރައްޔިތުންނަށް މަސްލަހަތާއި ރައްޔިތުންނަށް ހެވަށް މަސައްކަތްކުރާ މީހެއް ކަމަށްވަންޏާ އޭނާއަށް ކެރެންވާނެ އެ ގޮނޑި ދޫކޮށްލާފަ އަލުން އިންތިޚާބަށް އެ ގޮނޑިއަށް ކުރިމަތިލާން، ދެންތާ އެނގޭނީ އޭނާގެ ހުރި ވަރެއް، އަޅުގަނޑުމެންގެ ޕާޓީ ދޫކޮށްލާފަ ދިޔަ އެންމެ މެންބަރަކަށް ވެސް ކެރޭނެބާ މިކަން ކުރަން، ނުކުރާނެ ނުވެސް ކެރޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

 

ރައީސް ޔާމީން ވަނީ އެފަދައިން ޕާޓީ ދޫކޮށްދާ މެންބަރުންނަށް ދާއިރާގެ މެންބަރުންގެ ތާއީދު ނުލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގާނޫނެއްގެ ތެރެއިން ކޮންމެ އަހުދެއް ތަންފީޒް ނުކުރެވުނަސް، އެތައް ބައެއްގެ މެދުގައި ބަސްކިޔާނަމަ ގަބޫލުކުރާ ހަމަތަކެއް ހުންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

"އެހެންވީމަ މޯރަލް އޮބްލިގޭޝަނެއް އެބައޮވޭ މިކަހަލަ ކޮންމެ އަޚުދެއްގައި ކޮންމެ ކަމަކީ ގާނޫނެއްގެ ތެރެއިން ތަންފީޒްކުރާ ކަންކަމެއް ނޫން، އިންސާނާ އިންސާނަކަށް ވީތީ އަދި ރިވެތި އަޚުލާގެއްގައި ހުންނަ މީހަކަށް ވެފައި، އެތައް ބައެއްގެ މައްޗަށް ބަސްކިޔައި އެތައް ބައެއްގެ ބަސް ގެނެސްދޭ ކަމަށްވަންޏާ އޭނަ ގަބޫލުކުރާ ހަމަތަކެއް ހުންނާނެ، އޭނައަށް މިއަދު އެ މޯރަލް އޮތޯރިޓީ އެބައޮތްތޯ ވަކި ދާއިރާއެއް ތަމްސީލުކުރަން، އެ ދާއިރާއެއްގެ ރައްޔިތުން ކައިރީ އަހައިފިއްޔާ ބުނާނެ މިހާރަކު ތިބޭފުޅާ ތިމަންނާމެންގެ ފަރާތުން ބަސް ކިޔާކަށް ތިމަންނާމެން ނުރުހެމޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

 

މެޑަމް ފާތުން ގެންނެވި ވެކްސިންތަކާއެކު މެންބަރުންތަކެއް

ޕާޓީ ބަދަލުކުރެއްވި މެންބަރުންނަށް ރައީސް ޔާމީން ފާޑުވިދާޅުވި ހަފްލާގެ ކުރީ ސަފުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބުކުރުމަށްފަހު ޕީޕީއެމަށް ބަދަލުވެވަޑައިގެންނެވި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީނާއި، އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ޕީޕީއެމަށް ބަދަލުވެވަޑައިގެންނެވި ވެލިދޫ ދާއިރާގެ މެންބަރު ޔާމިން ރަޝީދު އިންނެވި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ އިންތިޚާބު ނިމުނުއިރު، މަޖިލިސް ބެހިފައި އޮތީ ޖުމްހޫރީ ޕާޓީއަށް 15 ގޮނޑި، އެމްޑީއޭއަށް ފަސް ގޮނޑި، ޕީޕީއެމަށް 33 ގޮނޑި، އެމްޑީޕީއަށް 26 ގޮނޑި، އަދާލަތު ޕާޓީއަށް އެއް ގޮނޑި އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ފަސް ގޮނޑިއަކަށެވެ.

 

ނަމަވެސް، އިންތިޚާބު ބޭއްވިތާ ތިން އަހަރުވީއިރު، މަޖިލިސް ވެބްސައިޓު ބުނާ ގޮތުން މިހާރު މަޖިލީހުގައި ތިއްބަވަނީ، ޕީޕީއެމްގެ 48 މެންބަރުންނާއި، އެމްޑީޕީގެ 21 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުންނާއި، އެމްޑީއޭގެ ހަ މެންބަރުންނާއި އަދާލަތު ޕާޓީގެ އެއް މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ދެ މެންބަރުންނެވެ.

މަޖިލިސް އިންތިޚާބުގެ ނަތީޖާ

އެހެންކަމުން އެކި ޕާޓީތައް ދޫކޮށާއިި އަދި ވަކި ޕާޓީއެއް ނިސްބަތްނުވާ ގޮތަށް އިންތިޚާބުވެވަޑައިގެންނެވި ޖުމްލަ 15 މެންބަރަކު ޕީޕީއެމްއާ ގުޅިވަޑައިގެންފައިވެ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބު ކުރެއްވި ހަތް މެންބަރުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އިރު، އެމްޑީޕީން ހަތަރު މެންބަރަކު ޕީޕީއެމްއާ ގުޅިވަޑައިގަންނަވާފައިވެ އެވެ.

 

މީގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ ގޮތަށް މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ އިތުރުން މަޑަވެލި ދާއިރާހެ މެންބަރު މުއާޒް މުހައްމަދު ވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 އޭޕްރިލް 2017 | ބުދަ 16:07
ހމޒ
ޒިންމާދާރު ކުރުވާ އިދިކޮޅު ފަރާތްތަކަށް އެބޭފުޅުންނަކަށް މިއަދު އެނގިވަޑައެއް ނުގަންނަވާ އެބޭފުޅުންގެ ސިޔާސީ ފިކުރަކީ ކޮބައިކަމެއް! މިދައްކާ ވާހަކަތަކުގައި މިސާލަކަށް މިއިވެނީ އައިޖީއެމްއެޗްގައި މިހާރު ހަދަމުންދާ އިމާރާތް 40 ވަރަކަށް މިލިއަން ރުފިޔާއަށް ހެދޭނެ ވާހަކަ. މިއީތޯ ފެއްސާ ރަތާއި ހުދުގެ ވާހަކައަކީ. ކޮންތާކުންތޯ 40 މިލިއަން ރުފިޔާއަށް އެކަން ކުރާނީ. 40 މިލިއަން ރުފިޔާއަށް އެކަން ކުރެވޭ ކަމަށްވާނަމަ 40 މިލިއަން ދީފައި އަދި ހަދިޔާއެއްގެ ގޮތުން އިތުރު 200 މިލިއަން ދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް." ރައީސް ވިދާޅުވިއެވެ.
5 އޭޕްރިލް 2017 | ބުދަ 16:01
ޔާމީނަށް2018
ސާބަހޭ ކުދިންނޭ މިއަދު ތިޔަ ތާއީދު ކުރައްވަނީ ބިނާކުރަނިވި ފިކުރަށް އެއީ ފެއްސާ ރަތާ ހުދުގެ ފިކުރު!؟
5 އޭޕްރިލް 2017 | ބުދަ 15:36
މުމިނާ
މިރައީސަށް ގޮނޑި ދޫކޮށްލާފަ އިންތިހާބުގަ ވާދަކޮއްފިއްޔާ ލިބޭނީ ސުމެއް ތިމާގެ ފެންވަރުނޭގި މީހުންގެ ވާހަކަަދައްކަނީ.
5 އޭޕްރިލް 2017 | ބުދަ 15:04
ސުލްތާން
އަމިއްލަ ފުޅު ޕާޓީއަށް އެހެން ޕާޓީތަކުން ވަޑައިގެންނެވި ބޭފުޅުން ލައްވަ މިސާލު ދައްކުވާ، އޭރުން ތިޔަ ވިދާޅުވި ބަސްފުޅުގެ އިޚްލާސްތެރިކަން ފެންނާނީ. ވަރަށް ވެދުން