Advertisement
ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 17:43
ފަނޑިޔާރު ޝުޖާއު އުސްމާން (ކ) އަދި ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފް
ފަނޑިޔާރު ޝުޖާއު އުސްމާން (ކ) އަދި ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފް
ގޫގުލް
ފަނޑިޔާރަކަށް ބިރުދެއްކުން
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި
ފަނޑިޔާރު ޝުޖާއުއާއި ހަނީފަކީ ގއ. ވިލިނގިލީ ދެ ބޭފުޅުން
ހަނީފް ހައްޔަރުކޮށްފައިވަނީ ޕީޕީއެމްގެ އެކްޓިވިސްޓެއް ދިން ބަޔާނެއްގެ މައްޗަށް
ހަނީފްގެ ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފަ

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނަވާ އިބްރާހިމް ހަނީފް  ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އެ މައްސަލައާ ގުޅޭ ތަފްސީލުތައް ހާމަކުރައްވަން އޮފިޝަލް ދެކޮޅު ހެއްދެވި އެވެ.

 

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރަކަށް ހުންނަވާ ޝުޖާއުއަށް ބިރުދެއްކި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ދޮގެއް ނުކުރެ އެވެ.

 

އެޑިއުކޭޝަން މިނިސްޓްރީގައި ހަނީފް ހުންނަ ވަނީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަކަށެވެ.

 

ފަނޑިޔާރު ޝުޖާއު އާއި އިބްރާހިމް ހަނީފަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ހަނީފަކީ ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސެއިންގެ އަރިސް ބޭފުޅެކެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނީފް ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ އެކްޓިވިސްޓެއް ދިން ބަޔާނެއްގެ މައްޗަށެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕޮލިޓެކްނިކްގެ އިސްވެރިއެއްގެ ގޮތުގައި ވެސް ހުންނެވާ ހަނީފް ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގެއިންނެވެ. ހައްޔަރުކުރުމުގެ ކުރިން އަންގާރަ ދުވަހު ފުލުހުންގެ އިދާރާއަށް ހަނީފް ހާޒިރުކޮށް، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

 

ފަނޑިޔާރު ޝުޖާއުއަށް ބިރު ދެއްކުމުގެ ގޮތުން ހަނީފް ކުރެއްވީ ކޮންކަމެއްކަން ސާފުވާ ގޮތް އަދި ވަނީ ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 އޭޕްރިލް 2017 | ބުދަ 15:32
ހަލާކު
މެމްބަރު ސައުދު މިހާރު ހުންނެވި ފަޅީގެ ގޮތުން ދިމާވި ކަމެކެވެ. މިދެން ބޮޑުވަރެވެ. ބޮޑުވަރުވާ މަޖިލީހުގެ މެމްބަރެއްގެ އަރިސް ބޭފުޅެއްވިމާ ދިމާވި ގޮތެވެ.
5 އޭޕްރިލް 2017 | ބުދަ 14:27
އަކަސް
ކަމިޝަނަރ އޮފް ޕޮލިސްގެ މަގާމުގެ ދަތިވެތިކަމުގައި މުޅި ފުލުސް އޮފީސް ހަލާކުކުރުގައި އެންމެ މީހަކު
5 އޭޕްރިލް 2017 | ބުދަ 14:23
Saabas
Viligili meehun ulheny siyaasee moyafulhu vegen
5 އޭޕްރިލް 2017 | ބުދަ 13:39
Obo
Thi varan dhera kamem
5 އޭޕްރިލް 2017 | ބުދަ 13:39
Obo
Thi varan dhera kamem