Advertisement
ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 17:19
މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އެޗްވަންއެންވަން
"ފްލޫ ކޮމެޓީ" މިރޭ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި
ކޮމެޓީގެ ބައްދަލުވުން އޮތީ މިރޭ 20:30 ގައި

ރާއްޖޭގައި ފެތުރެމުންދާ ރޯގާއެއް ކަމަށްވާ އެޗްވަންއެންވަން އިންފްލުއެންޒާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތި އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ބުދަ ދުވަހު 11:00ގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އެޗްޕީއޭގެ އެ ކޮމެޓީގެ މެމްބަރުން ހާޒިރުކޮށް އެ ކޮމެޓީގެ ބައްދަލުވުމެއް އަންގާރަ ދުވަހުގެ ރޭ 20:30 ބޭއްވުމަށެވެ.މީގެކުރިން ވެސް އެކޮމެޓީން ބޭއްވި ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކުރި ނަމަވެސް އެބައްދަލުވުން ފަހުން ވަނީ މަޖިލީހުން ކެންސަލް ކޮށްފަ އެވެ.

ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރުބަލާ ކޮމެޓީގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހިންގާފައިވެއެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވިދާޅުވީ މިއީ ސިޔާސީ ކަމަކަށްހަދާ ބުހުސް ކުރުމަށްވުރެ ސީރިޔަސް މައްސަލައެއް ކަމަށާއި މިހާރު ރޯގާގެ ހާލަތާއި މީގެކުރިން ކަންކަން ހިނގާފައިވާގޮތް ބެލުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

އެގޮތުން ހުރިހާ ކޮމެޓީގެ މެމްބަރުން ނިންމެވީ ބުދަ ދުވަހުގެ ރޭ އެޗްޕީއޭގެ ޓެކްނިކަލް އެޑަވައިޒަރީ ކޮމެޓީގެ ބޭފުޅުން ހާޒިރުކޮށް އެޗްވަންއެންވަން ރޯގާގެ މައުލޫމާތު ހޯދުމަށެވެ.

މިހާރަކަށް އައިސް އެޗްވަންއެންވަން އިންފްލުއެންޒާގެ "ސްޓޭޓަސް" އެޗްޕީއޭއިން ހާމަ ކުރަމުން ނުދެއެވެ. ނަމަވެސް އެޗްޕީއޭއިން ބުނެފައިވަނީ އެޗްވަންއެންވަން އިންފްލުއެންޒާ ރޯގާ މިހާރު އާއްމު ހާލަތަކަށް ގޮސްފައިވާ ކަމަށާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންވެސް މަދުވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް