ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ޞަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ޢާންމުކޮށް ވައިގަދަވެ، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
މި ޞަރަޙައްދަށް ޔެލޯ އެލަރޓް ނެރެފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު 17:00ން އާދިއްތަ ދުވަހުގެ 21:00 އަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ޢާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.