Advertisement
ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 14:35
ފްލައިޓް މައްސަލަޖެހިގެން 30 މިނެޓަށް ރަންވޭ ބަންދު ކުރަން ޖެހުނު
ފްލައިޓް މައްސަލަޖެހިގެން 30 މިނެޓަށް ރަންވޭ ބަންދު ކުރަން ޖެހުނު
ރާއްޖެއެމްވީ
ރަންވޭ ބަންދުކުރަން ޖެހިއްޖެ
ފްލައިޓެއްގެ ލޭންޑިން ގިއަރުގައި މައްސަލައެއް ޖެހުމުން ރަންވޭ ބަންދުކުރަން ޖެހިއްޖެ
ލޭންޑިން ގިއަރުގައި މައްސަލަ ޖެހުނީ،ޓާކިޝް އެއާލައިންގެ ފްލައިޓެއް

ފްލައިޓެއްގެ ލޭންޑިން ގިއަރުގައި މައްސަލަ ޖެހުމުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ ރަންވޭ  ކުޑަ ވަގުތުކޮޅަކަށް ބަންދު ކުރަން ޖެހިއްޖެ އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން އުޅުމުގެ ތެރޭގައި ލޭންޑިން ގިއަރުގައި މައްސަލަ ޖެހުނީ، ޓާކިޝް އެއާލައިންގެ ފްލައިޓެކެވެ. އެއާޕޯޓް އެމަޖެންސީވުމާ އެކު އައިޖީއެމްއެޗްގައި ވެސް ވަނީ އެލާޓް ނެރެފައެވެ. ނަމަވެސް ފަހުން ވަނީ ކެންސަލްކޮށްފައެވެ.

 

އެމްއޭސީއެލްގެ އިސްއޮފިޝަލަކު ރާއްޖެއެމްވީއަށް ބުނީ،  ކޮލަމްބޯއިން ރާއްޖެ އައި ޓާކިޝް އެއާލައިންސްގެ ޓީކޭ 731 ފްލައިޓް މައްސަލަޖެހިގެން 30 މިނެޓަށް ރަންވޭ ބަންދު ކުރަން ޖެހުނު ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ރޭ 11.30 ހާއިރު ކަމަށެވެ. 

އޮފިޝަލް ވިދާޅުވީ ބައިގަޑިއެއްހާ އިރަށް މެދުކެނޑުނު ނަމަވެސް އޮޕަރޭޝަންތައް އަލުން ފަށާފައިވާ ކަމަށެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށާއި ނަމަވެސް އެވަގުތު ރަންވޭގައި ޖައްސަން އައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއް ޖެއްސުން މަޑުޖައްސާލަން ޖެހުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް