Advertisement
ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 07:00
އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒް
އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒް
ރާއްޖެއެމްވީ
ކައުންސިލް އިންތިޚާބު
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް
މަޖިލީހުން ބާރު ލިބުމާއެކު ކައުންސިލްތަކަށް ބާރު ދޭނަން
ކައުންސިލް އިންތިޚާބު އަދިވެސް ފަސްކުރުން އެކަށީގެންވޭ
އިންތިޚާބު މަތިން އެމްޑީޕީ ފޫއްސެއް ނުވާނެ

އިދިކޮޅު ފަރާތްތަކަށް ބާރު ލިބުމާއެކު, ކައުންސިލްތަކުގެ އަތުން މިހާރު އަތުލާފައިވާ ހުރިހާ ބާރުތަކެއް ކައުންސިލްތަކަށް އިޔާދަކޮށްދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ހެންވޭރު ދެކުނުގައި އެމްޑީޕީން ހަރުގެއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނިޔާޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. 

"ސަރުކާރުން ދަންނަވާ ވާހަކައަކީ، ސަރުކާރުން ބުނާހާ ގޮތަކަށް، ސަރުކާރުން ޖަހާހާ ބެރަކަށް، ނަށަން ތިބޭ ބައެކޭ ކައުންސިލަރުންނަކީ. ނޫން، އެހެނެއް ނޫން. ލާމަރުކަޒީ ޤާނޫނުގައި ވަރަށް ގިނަ ބާރުތަކެއް، ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް، އެމްޑީޕީން ވަކާލާތުކޮށްގެން ހިމެނީ ތިބޭފުޅުން ބާރުވެރި ކުރުމަށް. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ 2018 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު، އަދި އޭގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުން ބާރެއް ލިބޭ ދުވަހު، ތި ބޭފުޅުންނަށް ކުރިން އިހު ހުރި ގޮތަށް، ކައުންސިލްތަކުގެ ބާރުތައް، އަލުން އިޔާދަ ކޮށްދޭނަން،"ނިޔާޒު ވިދާޅުވި އެވެ. 

ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު އިޢުލާނު ކޮށްފައިވާ ތާރީޚަކީ އޭލެވެލް އިމްތިޙާނު ފެށޭ ދުވަސްކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އިންތިޚާބު އަދިވެސް ފަސްކުރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ. މިހާރު މި އޮތް އިލެކްޝަންސް ކޮމިޝަނާއެކު މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ތައްޔާރުވެ ތިބެން ވާނެ، މާދަމާ އިލެކްޝަންސް ކޮމިޝަނުން ބާއްވާނެ ބައްދަލުވުމަކަށް އަދި އެބޭފުޅުން ނެރޭނެ އިތުރު ތާރީޚަކަށްވެސް. އަޅުގަނޑުމެން އެއްވެސް ހާލެއްގަ ދެކިގެން ނުވާނެ މި އިންތިޚާބު، މި ކޮމިޝަން އޮވެގެން ބާއްވާނެ ކަމަކަށް. ފުރަތަމަ ކަމަކަށް ޖެހޭނީ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން، މި ކުރާ މަސައްކަތްތައް ކާމިޔާބުކޮށް، އިލެކްޝަންސް ކޮމިޝަން ބަދަލުކުރަން. އެއައްފަހު ރާއްޖޭގަ އިންސާފުވެރި، ލޯކަލް ކައުންސިލްގެ އިންތިޚާބެއް ވެސް، އަދި އެހެން އިންތިޚާބެއް ވެސް ބޭއްވޭނީ،" އޭނާ ވިދާޅުވި އެވެ. 

ނިޔާޒް ވިދާޅުވީ އިންތިޚާބު ފަސްކުރިއަސް، އެމްޑީޕީ ފޫހި ނުވާނެ ކަމަށާ، ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ ހަޤީޤީ މަޤުސަދަކީ 2018 ގެ ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރުން ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން 3 ފަހަރެއްގެ މަތިން ކައުންސިލް އިންތިޚާބު ފަސްކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ގެންދަނީ ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 އޭޕްރިލް 2017 | ބުދަ 10:38
ނަންނި
ބާރުވެރި ފަރާތުން ބާރު ދެއްވީމަވެސް ތިބެގެން ފުއްޕީ. މީހުންނަށް ނުބައިކަން ދައްކަމުން ބިރުފަހަނަ އަޅާގޮސް ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލުނީ. ދެންވެސް ބާރެއް ލިބިއްޖެއްޔާ ވިސްނާ ފިކުރު ކޮށްގެން ކުރިޔަށް ދާތި. ވައްސަލާމް
5 އޭޕްރިލް 2017 | ބުދަ 08:42
ބޯގޮވާފަ
އިންތިހާބު ލަސް ކުރުމުން އެގެއްލޭ ފައިސާއަކީ އަހަރެމެން އަތުން ނަގާ ޓެކްސް. އެހެންވީމަ އިލެކްޝަންސް ކޮމިޝަނުން އަހަރެމެންނަށް ޖަވާބު ދާރީވާންޖެހޭނެ.