ކ. މާލެ
|
15 މެއި 2020 | ހުކުރު 23:18
ނިޔާވި މީހާގެ ވަޅުލުމުގެ މަސައްކަތް ކުރަނީ
ނިޔާވި މީހާގެ ވަޅުލުމުގެ މަސައްކަތް ކުރަނީ
ފުވައްމުލަކު ސިޓީ ކައުންސިލް
ކޮވިޑް-19 ޖެހޭ މީހުން ވަޅުލާ އުސޫލު
ފުވައްމުލަކު ސިޓީގައި ކުއްލިއަކަށް ނިޔާވި ބަންގްލަދޭޝް މީހަކު، ކޮވިޑް-19 ޖެހޭ މީހުން ވަޅުލާ އުސޫލުން ވަޅުލައިފި
އެމީހާ ވަޅުލީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތު
ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންގޮސް ފައިވަނީ ކައުންސިލްގެ މުވައްޒަފުން
ކޮންޓެކްޓްވި ފަރާތްތަކުގެ ސާމްޕަލް މިހާރު ވަނީ ނާގާފައި

ފުވައްމުލަކު ސިޓީގައި ކުއްލިގޮތަކަށް ނިޔާވި ބަންގްލާދޭޝްގެ ރައްޔިތެއް, ކޮވިޑް-19ގެ ސަބަބުން ނުވަތަ އެ ބައްޔަށް ޝައްކު ކުރެވޭ މީހުން ވަޅުލުމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ވަޅުލައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ 14 މެއި 2020 ވީ ބުރާސްފަތި ދުވަހު ފުވައްމުލައް ސިޓީގައި ކުއްލިގޮތަކަށް ނިޔާވި ބަންގްލާދޭޝްގެ ރައްޔިތެއް ހުކުރު ދުވަހުގެ މެންދުރު ފަހު އެސިޓީގައި ވަޅުލާފައިވާ ކަމަށެވެ.

އެ މީހާގެ ޖަނާޒާގެ އެންމެހައި ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ ކޮވިޑް-19 ގެ ސަބަބުން އިއުލާންކޮށްފައި ކުއްލި ނުރައްކަލުގެ ޙާލަތުގެ ކަންކަން ވިލަރެސްކުރާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދާ އެއްގޮތަށް، ކޮވިޑް19ގެ ސަބަބުން ނުވަތަ އެ ބައްޔަށް ޝައްކު ކުރެވޭ މީހުން ވަޅުލުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ބުނީ ބުރާސްފަތި ދުވަހު ނިޔާވި މީހާ އާއި 1 އޭޕްރީލްގެ 2020 ގެ ފަހުން މާލެ ސަރަހައްދުން އެސިޓީއަށް އައި ފަރާތްތަކުގެ ތެރެއިން އޭނާ އާއި ސީދާ ކޮންޓެކްޓްވި ފަރާތްތަކުގެ ސާމްޕަލް ނަގައި މިހާރު ޓެސްޓް ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. ކައުންސިލުން ބުނީ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ.

- ކޮމެންޓް