Advertisement
ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 06:39
އެޗްޑީސީއާއި ޖިމްނީޒިއާ އެކު އެއްބަސްވުމުގައި ސޮއިކުރުން
އެޗްޑީސީއާއި ޖިމްނީޒިއާ އެކު އެއްބަސްވުމުގައި ސޮއިކުރުން
ފޭސްބުކް
އެޗްޑީސީ
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
މިއެއްބަސްވުމުގެ ދަށުން ސެންޓްރަލް ޕާކުގައި ފިޓްނެސް ސެންޓަރެއް ޤާއިމްކުރެވިގެންދާނެ

ހުޅުމާލެ ސެންޓްރަލް ޕާކް އިތުރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

 

 

އެޗްޑީސީގައި އާދިއްތަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖިމްނީޒިއާއެކު ވަނީ އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ.

 

 

މިއެއްބަސްވުމެއްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަންއެވެ. އަދި ޖިމްނީޒިއާގެ ފަރާތުން ސޮއިކުރެއްވީ ޖިމްނީޒިއާގެ އޯނަރ ނިޝާމް މުހައްމަދު އެވެ.

 

 

މިއެއްބަސްވުމުގެ ދަށުން ސެންޓްރަލް ޕާކުގައި ފިޓްނެސް ސެންޓަރެއް ޤާއިމްކުރެވިގެންދާނެ އެވެ. ހުޅުމާލެ ސެންޓްރަލް ޕާކް ތަރައްޤީ ކުރެވިގެންދަނީ އެކި ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށްވާއިރު މިހާރު އެތަނުގައި އައުޓް ޑޯ ޖިމްގެ ޚިދުމަތް ލިބެން ހުރެއެވެ.

 

 

އަލަށް ޤާއިމް ކުރެވޭ ފިޓްނަސް ސެންޓަރުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ޖިމްނީޒިއާގެ ފަރާތުންނެއެވެ.

 

 

ޒުވާނުންނާއި ގުޅުންހުރި ތަފާތު ގިނަ ޙިދުމަތްތަކާއި އެކު ތަރައްޤީ ކުރާ މިސެންޓްރަލް ޕާކުގައި ކުޅިވަރުގެ ކުޅެވޭނެ ގޮތްތަށް ހަމަޖެހިގެންދާނެ އެވެ.  އެގޮތުން ބެޑްމިންޓަން ކޯޓާއި ޖިމްއަކާއި ސިނަމާ އަދި ޕޫލް ކުޅެވޭނެ ގޮތް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް