Advertisement
ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 00:15
އެމްޑީޕީން ބޭއްވި ޖަލްސާ އެއްގެ ތެރެއިން
އެމްޑީޕީން ބޭއްވި ޖަލްސާ އެއްގެ ތެރެއިން
އަޒުމޫން އަހުމަދު
އެމްޑީޕީ
ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
ސަރުކާރުން ދަނީ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެންޑިޑޭސީ ބާތިލް ކުރުމަށް މަސައްކަތް ކުރަމުން

އަންނަ މަހު ހަ ވަަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލަތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ތަމްސީލުކުރާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ކެންޑިޑެސީ ބާތިލްކުރުމަށް ސަރުކާރުން ރާވައިގެން ކުރަމުންގެންދާ ހުރިހާ ކަމެއް ކުށްވެރިކޮށް އެފަދަ މަކަރުވެރި ރޭވުންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މުވައްސަސާތަކުގެ ނަޒާހަތްތެރިކަން ގެއްލުވާލައި ފިއްތައިގެން އިންތިޚާބުތައް ފަސްކުރުންފަދަ ކަންކަމުގެ އިތުރުން ފުލުހުން ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުން ފްރޭމްކޮށް ކެންޑިޑެސީ ގެއްލުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުބާއްވައި އިންތިޚާބުގެ މިނިވަންކަން ގެއްލި ރައްޔިތުން އިންތިޚާބުތަކަށް ކުރާ ޤަދަރާއި އިތުބާރު ގެއްލޭ ގޮތަށް އިލެކްޝަންސް ކޮމިޝަނާއި ކޯޓުތައް މެދުވެރިކޮށް ސަރުކާރުން ކުރަމުން އަންނަ ކަންކަމާ މެދު އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ.

އެގޮތުން މިއީ ވާދަވެރި ކެންޑިޑޭޓުން އިންތިޚާބުގައި ބައިވެރިވުމަށް ހުރަސްއެޅުމަށް ސަރުކާރުން ރާވައިގެން ހިންގަމުން އަންނަ ނުރައްކާތެރި ބޮޑު ޖަރީމާއެެއްކަމަށް ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 އޭޕްރިލް 2017 | އަންގާރަ 23:23
ހ މ ޒ
"ހުރިހާ ފަރާތްތަކުން ވެސް ރާއްޖެ އިސްލާހް ކުރަން މަސައްކަތް ކުރަން ވާނެ. އެކަމަކު ފެއްސާއި ރަތާއި ހުދުގެ އެންމެ ލަފްޒެއް ވެސް އިސްލާހް ކުރަން މިކުރާ މަސައްކަތުގެ ތެރެއިން އަޑުއައްސަވައިފިންތޯ. ނޫން. އަދި އަޑެއް ނީވޭ." ރައިސް ވިދާޅުވިއެވެ!؟
4 އޭޕްރިލް 2017 | އަންގާރަ 22:42
ބަޔާނ
ވެރިކަން ކުރާ ޕީޕީއެމް އަށް 2000 މީހުން ސޮއި ކޮށްފިއެވެ.؟