ނަޓެއްލާ އޯރިއޯ ޓްރަފްލްސް
14 މެއި 2020 | ބުރާސްފަތި 12:17
ނަޓެއްލާ އޯރިއޯ ޓްރަފްލްސް، މިއީ ދަސްޕްރޫސް އީޓްސްގެ ފޮޓޯއެއް
ނަޓެއްލާ އޯރިއޯ ޓްރަފްލްސް، މިއީ ދަސްޕްރޫސް އީޓްސްގެ ފޮޓޯއެއް
ގޫގުލް

އޯރިއޯ އަދި ނަޓެއްލާ، މިއީ ގިނަ ބައެއްގެ ފެވަރިޓްސްއެވެ. މި ދެބާވަތް ބޭނުންކޮށްގެން ތައްޔާރު މި ރެސިޕީ އަކީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ޑިޒަރޓެކެވެ.

ބޭނުން ވާނެ ތަކެތި:

  • ބައި ޖޯޑު ހެޒަލްނަޓް (ނޫނީ ބޭނުން ކޮންމެ ނަޓްއެއްވެސް)
  • ބައި ޖޯޑު ނަޓެއްލާ
  • 170 ގުރާމް ކްރީމް ޗީޒް
  • 150 ގުރާމް މިލްކް ޗޮކްލެޓް (ދިޔާކޮށްފައި)
  • 2 ބޮޑު ޕެކެޓް އޯރިއޯ ބިސްކޯދު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ނަޓްކޮޅު ހިމުންކޮށް މުގުރާލާށެވެ. ދެން ބިސްކޯދުތައް ވަކިން ބްލެންޑަރެއްގައި ހިމުން ކޮށްލާށެވެ. ބޮޑެތި ބިސްކޯދުކޮޅު ކޮޅު ހުރިނަމަ، އެ ހިމުން ވަންދެން ބްލެންޑް ކުރާށެވެ.

ދެން ހިމުންކުރި ބިސްކޯދާއި، ކްރީމް ޗީޒް އަދި ނަޓެއްލާ އެއްކޮށްލާ، ނަޓްސް ކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. މި މިކްސްޗަރު 15 މިނެޓް ވަންދެން ގަނޑުކުރާ ބައިގައި ފިނިކޮށްލާށެވެ.

އެއަށް ފަހު ފުރިޖުން ނަގައި، އޭގެން ގުޅަ ވަށާފައި ދިޔާކޮށްފައި ހުރި ޗޮކުލެޓު ތަށި ތެރެޔަށްލާފައި ރަނގަޅަށް ކޯޓުކޮށްލާށެވެ.

ގުޅަތައް ރަނގަޅަށް ޗޮކުލެޓުން ނިވާވުމުން ޓްރޭއެއްގައި އަތުރާފައި އަނެއްކާ ފިނިކުރަން ލާށެވެ. ޗޮކްލެޓް ކޯޓިން ހަރުވުމުން ބޭނުމިއްޔާ ގުޅަތަކުގެ މައްޗަށް ނަޓެއްލާ ނުވަތަ ވައިޓް ޗޮކްލެޓް ޑްރިޒަލް ކޮށްލެވޭނެއެވެ.

- ކޮމެންޓް