ކ. މާލެ
|
13 މެއި 2020 | ބުދަ 09:15
އަންގާރަ ދުވަހަކީ އެ ޤައުމުގައި ވައިރަސްގެ ބަލިމަޑުކަން ފެށުނު ފަހުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކުރެވުނު ދުވަސް
އަންގާރަ ދުވަހަކީ އެ ޤައުމުގައި ވައިރަސްގެ ބަލިމަޑުކަން ފެށުނު ފަހުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކުރެވުނު ދުވަސް
ސީ.އެން.އެން
ކޮވިޑް-19 މެކްސިކޯގެ ޙާލަތު
ކޮވިޑް-19 ޖެހިގެން އަންގާރަ ދުވަހު އެކަނިވެސް މެކްސިކޯއިން 353 މީހުން މަރުވެއްޖެ
އަންގާރަ ދުވަހު 1997 މީހުން ވަނީ ވައިރަސްއަށް އަލަށް ޕޮޒިޓިވްވެފައި
މެކްސިކޯއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 38،324ށް އަރާފަ
މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 3926ށް އަރާފަ

އަންގާރަ ދުވަހު މެކްސިކޯއިން ކޮވިޑް-19 ޖެހިގެން 353 މީހުން މަރުވެއްޖެއެވެ.

މެކްސިކޯގެ ސިއްޙަތާބެހޭ ވުޒާރާއާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން އަންގާރަ ދުވަހު މެކްސިކޯއިން 353 މީހުން މަރުވެފައިވާއިރު، 1997 މީހުން ވަނީ ވައިރަސްއަށް އަލަށް ޕޮޒިޓިވްވެފައެވެ. އަދި މިއީ އެ ޤައުމުގައި ވައިރަސްގެ ބަލިމަޑުކަން ފެށުނު ފަހުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކުރެވުނު ދުވަސްކަމަށް ރިޕޯޓްތައް ބުނެއެވެ.

އެއާއެކު މެކްސިކޯއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 38،324ށް އަރާފައެވެ. އަދި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 3926ށް އަރާފައެވެ.

އޭގެ ކުރިން މެކްސިކޯއިން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓް ކުރެވުނީ މިހިނގާ މޭ މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ޤައުމުން 257 މީހަކު މަރުވެގެން ރިޕޯޓް ކޮށްފައިވެއެވެ.

މެކްސިކޯއިން އެންމެ ފުރަތަމަ ކޭސް ރިޕޯޓް ކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

- ކޮމެންޓް