ކ. މާލެ
|
12 މެއި 2020 | އަންގާރަ 23:20
ފައިލް ފޮޓޯ: އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑު
ފައިލް ފޮޓޯ: އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑު
ޕިންޓްރެސްޓް
އުމުރުން ދުވަސްމީހުންގެ ސަރވައިލަންސް ފެށުން
އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަރވެއިލަންސް ފަށައިފި
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވޭ
އެކްޓިވް ސަރވައިލަންސްގެ ދަށުން ރާއްޖޭގައި އުޅޭ ހުރިހާ އިސްރަށްވެހިން ދެނަގަނެވޭނެ
މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވޭ

އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަރވެއިލަންސް ފަށައިފައިވާކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ކުރަމުންދާ މީހުންނަކީ ކޮވިޑް-19 ރޯގާ ޖެހުުމުގެ ފުރުޞަތު ބޮޑު ބަޔަކަށް ވާއިރު އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަރވައިލަންސް ފަށާފައިވާކަމަށާއި މިކަމުގައި ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

ޑރ. ވިދާޅުވީ މިކަން ކުރުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ހައި ރިސްކް ގްރޫޕްގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންގެ ކެޓެގެރީގައި ބަލި ހުރީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށްކަމަށެވެ.

ގެތަކުގައި ދާންމަތިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 101 މީހެއްގެ ހާލު ބަލާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ. މި ދަނޑިވަޅުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ ގެތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާއިރު، އެކި ރަށްތައް ލޮކްޑައުންގެ ޙާލަތަށް އަންނަ ވަރަކުން، މިފަދަ އިތުރު ފަރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ފާހަގަކޮށްފަ އެވެ.

މި ރޯގާގެ އަސަރު އެންމެ ބޮޑަށް، އެންމެ އަވަހަށް ކުރަނީ. ދުވަސްވީ މީހުންނަށް ކަމަށް ސިއްހީ ހޯދުންތަކުން ދައްކާއިރު، އާއިލާތަކުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް އާއިލާތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.

- ކޮމެންޓް