ކ. މާލެ
|
11 މެއި 2020 | ހޯމަ 00:31
މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ މިހާރު ވަނީ ދޭން ފަށާފައި
މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ މިހާރު ވަނީ ދޭން ފަށާފައި
ޔޫސުފް ސޮފްވާން ރަޝީދު
އިމާރާތް ކުރުމުގެ މަސައްކަތުގައި އަމަލު ކުރަންޖެހޭ
އިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތް ކުރާއިރު އަމަލުކުރަން ޖެހޭ ޚާއްސަ ގައިޑްލައިނެއް ނެރެފި
ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭ
މިގައިޑްލައިން ނެރިފައިވަނީ ހަ ގައުމެއްގެ ބަހުން
މަސައްކަތް ކުރާއިރު މާސްކް އެޅުން މަޖުބޫރު

ކޮވިޑް-19އާ ގުޅިގެން އިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތް ކުރާއިރު އަމަލުކުރަން ޖެހޭ ޚާއްސަ ގައިޑްލައިނެއް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ނެރެފިއެވެ.

އާދިއްތަ ދުވަހު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ގައިޑްލައިން ޓު ކޮމްބެކްޓް ކޮވިޑް-19" ނެރެދެއްވީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހެވެ.

މިގައިޑްލައިންއާ ބެހޭ ގޮތުން ޖަނާހު ވިދާޅުވީ ކޮވިޑް-19ގެ މިހާލަތުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، މިގައިޑްލައިންއާ އެއްގޮތަށް އަމަލު ކުރުމަށް ދަތިތައް ކުރިމަތިވި ނަމަވެސް މިއީ މިދަނޑިވަޅުގައި އަމަލު ކުރަންޖެހޭ ގޮތް ކަމަަށެވެ.

މިގައިޑްލައިން ނެރިފައިވަނީ ހަ ގައުމެއްގެ ބަހުންނެވެ. އެއީ ދިވެހި ބަހާއި އިނގިރޭސި ބަހުގެ އިތުރުން ހިންދީ ބަސް އަދި ބަންގުލަދޭޝް ބަހާއި ތަމަޅަ އަދި ނޭޕާލް ބަހުންނެވެ.

މި ގައިޑްލައިންގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، ސައިޓުތަކުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތުގެ މީހުން މާސްކް އެޅުން މަޖުބޫރުވުމާއި، މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ޑިސްއިންފެކްޓް ކުރަން ޖެހެއެވެ.

މީގެ އިތުރުން މިގަޑިލައިންގައި ކޮންމެ ސައިޓެއްގައި ވެސް ސައިޓް ހެލްތް ސޭފްޓީ ރެޕްރެޒެންޓޭޓިވަކު ހުންނަން ލާޒިމްކުރާއިރު، ސައިޓައް ވަންނައިރު ވެސް ޓެމްޕަރޭޗަރ ޗެކްކޮށް ކޮންމެ ހަ ގަޑިއިރަކުން ހުރިހާ މީހުންގެ ޓެމްޕަރޭޗަރ ޗެކް ކުރަންޖެހެއެވެ.

ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރާތުން ކޮވިޑް-19 އަލާމާތްތައް ފެނިއްޖެނަމަ އަމަލުކުރަން ޖެހޭ އުސޫލު ވެސް މިގައިޑްލައިންގައި ވެއެވެ.

މިގައިޑްލައިންގައި ސައިޓް ހުޅުވުމުގެ ކުރިން އަމަލު ކުރާނެ ގޮތްތަކާއި ސައިޓްގައި އަމަލު ކުރަން ޖެހޭނެ ގޮތްތަކާއި ސައިޓުން ބޭރުގައި އަމަލުކުރަން ޖެހޭނެ ގޮތް ކަނޑައަޅާފައިވާއިރު، ކޮންސްޓްރަކްޝަން ކޮންމެ ކުންފުންޏަކުން ވެސް އިމަރޖެންސީ ރެސްޕޮންސް ޕްލޭނެއް އެކުލަވާލަން ޖެހެއެވެ.

ކޮވިޑް-19އާ ގުޅިގެން އިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތް ކުރާއިރު އަމަލުކުރަން ޖެހޭ ޚާއްސަ ގައިޑްލައިނެއް ނެރިފައިވާއިރު، މާލޭ ސިޓީގެ ލޮކްޑައުން ކުރުމާއި ގުޅިގެން ހުއްޓާލެވިފައިވާ އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ މިންގަޑަށް ފެތޭ ތަންތަނަށް މަސައްކަތް ކުރުމުގެ ހުއްދަދީފައިވެއެވެ.

- ކޮމެންޓް
11 މެއި 2020 | ހޯމަ 04:08
ހައްވަ
ބަލިޖެހިފައިވާ އެންމެ ގިނަމީހުންނަކީ ބަންގާޅީން ކަމަށް ވާއިރު އެމީހުން ނެރެގެން މާޅޭގެ އެތަން މިތާގައި އިމާރާތް ކުރުކުމުގެ ހުއްދަ ސަރުކާރުން ތިޔަދެނީ މާލޭގައި ބަލި ފެތުރޭވަރު މަދުވެގެންތޯ؟