ކ. މާލެ
|
10 މެއި 2020 | އާދީއްތަ 22:02
ހަރުކަށި ފިކުރުގެ މީހުން އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ހަރުކަށި ފިކުރުގެ މީހުން އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ
ފަތުރުވެރިންނަށް ހަމަލާދިން މީހުން ދޫވި މައްސަލަ 241 ކޮމިޓީން ބަލަނީ
މި މައުލޫމާތު ހިއްސާކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް މުހައްމަދު ޝަމީމް
މި މައްސަލައިގައި ތުހުމަތުކުރެވޭ އެންމެން ވަނީ ދޫވެފައި
މައުލޫމާތު ލިބިފައިވާ ގޮތުގައި "މޮނިކޮން" އަމުރެއްގެ ދަށުން އެ މީހުންގެ ފައިގައި ވަނީ ޓެގު އެޅުވިފައި

ހުޅުމާލޭގައި ފަތުރުވެރިންނަށް ހަމަލާ ދިން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ދޫވީ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭކޮމިޓީން ބަލަން ފަށައިފިއެވެ.

އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު (ނިޔާ) ވިދާޅުވީ، އެ މައްސަލައަކީ ދައުވާ ނުކުރަން ނިންމާފައިވާ މައްސަލައެއް ނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެފައިވާތީއާ އަދި އޭގެ ތެރެއިން ބައެއް މީހުންގެ ފައިގައި ޓެގް އަޅުވާފައިވާތީވެ އެ މައްސަލަ އިތުރުގެ މައުލޫމާތު ހޯދަން ޖެހޭ ކަމަށެވެ.

ނިޔާޒު ހުށައެޅުއްވީ ފުލުހުންގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ކަމާއި ގުޅޭ އިތުުރު މައުލޫމާތު ހޯދުމަށެވެ. އެ ހުށައެޅުން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ދޫވި މީހުންނާ ބެހޭ ގޮތުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ އެ މައްސަލައާއި ގުޅޭ ތަފްސީލު ކޮމިޓީގައި ހިއްސާކުރައްވާނެ ކަމަށެވެ.

- ކޮމެންޓް