ކ. މާލެ
|
10 މެއި 2020 | އާދީއްތަ 18:59
މާލެ ސިޓީ ކައުންސިލުން މާލޭގެ ބައެއް މަގުތައް ޑިސްއިންފެކްޓް ކުރަނީ: ކޮވިޑް-19 ރޯގާއާއި ގުޅިގެން މާލެ ސަރަހައްދުގައި ޑިސްއިންފެކްޓް ކުރުމުގެ ހަރަކާތްތައް ދަނީ ހިންގަމުން
މާލެ ސިޓީ ކައުންސިލުން މާލޭގެ ބައެއް މަގުތައް ޑިސްއިންފެކްޓް ކުރަނީ: ކޮވިޑް-19 ރޯގާއާއި ގުޅިގެން މާލެ ސަރަހައްދުގައި ޑިސްއިންފެކްޓް ކުރުމުގެ ހަރަކާތްތައް ދަނީ ހިންގަމުން
މާލެ ސިޓީ ކައުންސިލް
މާލެ ސިޓީގެ ބައެއް މަގުތައް ޑިސްއިންފެކްޓްކުރުން
ހޮނިހިރު ދުވަހުވެސް މާލޭގެ ބައެއް މަގުތައް ޑިސްއިންފެކްޓް ކޮށްފި
ހޮނިހިރު ދުވަހު ޑިސްއިންފެކްޓް ކުރުމަށް 2 ޓަނު ފެނާއި 2.5 ކިލޯގެ ކްލޮރިން ބޭނުން ކޮށްފައިވޭ
މިމަސައްކަތް މީގެކުރިން ސިފައިންނާ ގުޅިގެން، ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ވެހިކަލްތަކުގައި ވެސް ކޮށްފައިވޭ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖޭގައިވެސް ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮނިހިރު ދުވަހު ވެސް މާލޭގެ ބައެއް މަގުތައް ޑިސްއިންފެކްޓް ކޮށްފި އެވެ.

މި މަސައްކަތް ކުރަމުންދާ މާލެ ސިޓީ ކައުންސިލުން ބުނީ ރޭ ޑިސްއިންފްކްޓް ކޮށްފައިވަނީ ވެސްޓް ޕާކު ޞަރަޙައްދުން ފެށިގެން ކަސްޓަމް އިމާރާތާއި ހަމަޔަށް ކަމަށެވެ. ރޭ، މަގުތައް ޑިސްއިންފެކްޓް ކުރުމަށް 2 ޓަނު ފެނާއެކު 2.5 ކިލޯ ގްރާމް ކްރޮރިން ބޭނުންކޮށްފައި ވާކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ،

މާލެ ސިޓީ ކައުންސިލުން ބުނީ ޑިސްއިންފެކްޓް ކުުރުމުގެ މަސައްކަތް ކޮންމެރެއަކުވެސް ކުރިޔަށްގެންދާނެކަމަަށެވެ. އަދި މުޅި މާލެ އެއްކޮށް އެއްމަސްދުވަހުގެ ތެރޭގައި ޑިސްއިންފެކްޓްކޮށްލެވޭނެކަމަށް ކައުންސިލުން އަންދާޒާކުރެއެވެ. ކުރިން ދެ އުޅަނދު މިމަސައްކަތައް ބޭނުންކުރި ނަމަވެސް މިހާރު އެންމެ އުޅަނދެއް ބޭނުން ކުރަމުންދާތީ މާލެ އެއްކޮށް ކަވަރު ކުރަން ގިނަ ދުވަސް ހޭދަވާކަމަށްވެސް ކައުންސިލުން ބުނެއެވެ.

މީގެކުރިން މާލެ ޑިސްއިންފެކްޓް ކުރި އިރު ބޭނުންކުރީ ދެއުޅަނދެވެ. އޭރު 15 ދުވަހުގެ ތެރޭގައި މާލެ އެއް ކޮށް ޑިސްއިންފެކްޓް ކޮށްލެވުނުކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އޭރު އެ މަސައްކަތް ކުރިޔަށް ގެންދިޔައީ ސިފައިންނާއި މާލެ ސިޓީ ކައުންސިލް ގުޅިގެން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުގެ އުޅަނދު ބޭނުންކޮށްގެންނެވެ.

މި ޕްރޮގްރާމަކީ މުޅި މާލެ ޑިސްއިންފެކްޓް ކުރުމުގެ ތެރެއިން މާލޭގެ މަގުތަކަށް ކްލޮރިން ޖަހައިގެން ސާފުކުރަން ހިންގާ ހަރަކާތެކެވެ.

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، މަގުތަށް ސާފުކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ލަފާދިފައިވާ މިންގަނޑަށް ކްލޮރިން ޖަހާނެކަމަށާއި މިކަމުން އެއްވެސް އުޅަނދަކަށް ގެއްލުން ނުވާނެކަމަށެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް މަގުމައްޗަށް ކުނި އުކާނުލުމަށް ޝިފާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލެ އަދި ބައެއް ސިޓީތަކާއި ރަށްތަކުގައި ވެސް ޑިސްއިންފެކްޓް ކުރުމުގެ ޙަރަކާތްތައް ދަނީ ހިންގަމުންނެވެ.

- ކޮމެންޓް