ކ. މާލެ
|
10 މެއި 2020 | އާދީއްތަ 11:37
ގެސްޓް ހައުސް އެސޯސިއޭޝަނުން މިދުޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން
ގެސްޓް ހައުސް އެސޯސިއޭޝަނުން މިދުޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ގެސްޓް ހައުސް އޮޕީނިއަންގެ ނަމުގައި ވަރޗުއަލް ޑިސްކަޝަން ފޯރަމެއް
 
ފޯރަމުގައި ގެސްޓް ހައުސް އޮޕަރޭޓް ކުރާ ފަރާތްތަކާއި މަޝްވަރާނެ
 
ފޯރަމް ކުރިއަށްދާނީ މި މަހުގެ 12 ވަނަ ދުވަހު

"ގެސްޓް ހައުސް އޮޕީނިއަން"ގެ ނަމުގައި ވަރޗުއަލް ޑިސްކަޝަން ފޯރަމެއް ބޭއްވުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10 ޖަހާއިރު ކަމަށެވެ. އަދި މި ފޯރަމުގައި ގެސްޓް ހައުސް އޮޕަރޭޓް ކުރާ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ގެސްޓް ހައުސް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވާ އެކަމަށް މި ދަނޑިވަޅުގައި ގެނެވޭނެ ޙައްލުތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން އިތުރަށް ބުނީ މި ދަނޑިވަޅުގައި ކުރެވޭނެ މަސައްކަތްތަކުގެ އިތުރުން މާރކެޓް އަލުން ހުޅުވިގެން ދާއިރު ޢަމަލު ކުރޭނެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) އެކުލަވާލުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޮޑު ހީނަރު ކަމެއް އައިސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށެވެ. އަދި މި ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ ވަޒީފާތައް ގެއްލިފައިވާއިރު އެ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވެންސްއެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލެވޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް