ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 16:31
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، ގިނަ ބަޔަކު ޕޮޒިޓިވްވި ޒުވާނާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވޭ
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، ގިނަ ބަޔަކު ޕޮޒިޓިވްވި ޒުވާނާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވޭ
އަމްނާ އިމާދު
ކޮވިޑް-19: އައްޑޫ ސިޓީގެ ޙާލަތު
ޕީޕީއީ އެކަށީގެންވާ މިންވަރަށް ނެތް: އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
ޕޮޒިޓިވްވި ޒުވާނާއާ ފަރުވާދިން އެއްވެސް ފަރާތަކުން ޕީޕީއީ ބޭނުންކޮށްފައިނުވޭ
ޑައިރެކްޓްވި މީހުންގެ ތެރޭގައި 7 ޑޮކްޓަރުންނާއި، 10 ނަރުހުން ހިމެނޭ

އައްޑޫ ސިޓީގައި ކޮވިޑް-19އަށް ޓެސްޓް ކުރުމަށާއި، އިސްސަފުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ބޭނުން ކުރާ ޕަރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) އެކަށީގެންވާ ވަރަށް ނެތްކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ކޮވިޑް-19ގެ ކޭސްއެއް އައްޑޫން ފެނުމާ ގުޅިގެން ހޮނިހިރު ދުވަހު އައްޑޫ ސިޓީ ކައުންސިލުން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއްސާދަތު (ސާތު) ވިދާޅުވީ ވިދާޅުވީ ކޮވިޑް-19 ގައި ބޭނުންކުރާނެ ޕީޕީއީގެ ކޮންމެވެސް ވަރެއް އައްޑޫއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެންމެ އެކަށީގެންވާ މިންވަރަށް ޕީޕީއީ ނެތްކަމަށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި ޒުވާނާގެ ކޭސްއާ ބެހޭ ގޮތުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އެޒުވާނާއަށް ފަރުވާދިން އެއްވެސް ފަރާތަކުން ޕީޕީއީ ބޭނުންކޮށްފައި ނުވާ ކަމަށެވެ. އަދި ޕޮޒިޓިވްވި ޒުވާނާއާ ޑައިރެކްޓްވި މީހުންގެ ތެރޭގައި 7 ޑޮކްޓަރަކާއި 10 ނަރުހުން ހިމެނެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް އައްޑޫ ސިޓީގައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ޞިއްޙީ އާލާތްތައް ނެތްކަމަށް ބުނެ މީގެ ކުރިން ވެސް އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އައްޑޫ ސިޓީން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވާތީ ހޮނިހިރު ދުވަހުން ފެށިގެން 14 ދުވަހަށް އެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި އެޒުވާނާއާ ގިނަ ބަޔަކު ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.

- ކޮމެންޓް