ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 05:09
މާލޭ ފަޅުގައި އަޅާފައި އޮތް ލޯންޗަކަށް ބަޔަކު އަރަނީ: ލޮކްޑައުން ކުރުމާއި ގުޅިގެން ލަފާފުރުން ވަނީ މަނާކުރެވިފައި
މާލޭ ފަޅުގައި އަޅާފައި އޮތް ލޯންޗަކަށް ބަޔަކު އަރަނީ: ލޮކްޑައުން ކުރުމާއި ގުޅިގެން ލަފާފުރުން ވަނީ މަނާކުރެވިފައި
ޔޫސުފް ސޮފްވާން ރަޝީދު
މާލޭގައި ތާށިވެފައި ތިބި ރައްޔިތުން
ރަށްރަށަށް މީހުން ފޮނުވުމުގައި އެހެން ވިސްނުމަކަށް ދަނީ
ރަށްރަށަށް ދެވެނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުުރުމަށް ފަހު
ޖެންޑަރ ވަނީ އުސޫލުތަކެއް ކަނޑައަޅާފައި
ބަލި ނެތް ރަށެއްގައި ބަލި ފެތުރިދާނެތީ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި

މާލެ ފުރަބަންދު ކުރުމާއި ގުޅިގެން، މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ގެންދިޔުން ހުއްޓާލަން ޖެހޭ ކަމުގެ އިޝާރާތެއް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ދެއްވައިފި އެވެ.

ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި އިމްރާން ވިދާޅުވީ، ރަށްރަށަށް ދާން ބޭނުންވާ ފަރާތްތައް ފޮނުވާލުމުގައި އިތުރު ވިސްނުންތަކަކަށް ސަރުކާރުން ދާން ޖެހިއްޖެ ކަމަށެވެ. މިހެން ވިދާޅުވީ ކަމުގައިވީ ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އިހްސާސްތައް އެނގިވަޑައިގަންނަވާ ކަމަށާއި، މާލޭގައި ދިރިއުޅެވޭނެ ގޮތެއް ނެތި ރަށަށް ދެވޭނެ ގޮތެއް ނެތި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ބަޔަކު މާލޭގައި ތިބިކަން އިމްރާން ފާހަގަކުރެއްވި އެވެ.

މާލޭގައި ތިބި މީހުން ރަށްރަށަށް ގެންދިޔުމުގައި އެންމެ އިސްރޯލެއް އަދާކުރަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިތުރުން ޖެންޑަރ މިނިސްޓްރީންނެވެ. ރަށަށްދާން ބޭނުންވާ ފަރާތްތަކުން ޖެންޑަރ ގައި އެދުމުން އެ މިނިސްޓްރީން މީހުން ފޮނުވަނީ އެކުލަވާލާފައިވާ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަަކަށް ރަށަށް ދެވެނީ އެޗްޕީއޭއިން ކަނޑައަޅާ ކަރަންޓީނު ފެސިލިޓީއެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށް ފަހުއެވެ.

އިމްރާން ވިދާޅުވީ، އަތޮޅު ތެރެއިން މީހުންނަށް މާލެއަށް ފަސޭހަކަމާއިއެކު އާދެވެން ބޭނުންވީ ނަމަވެސް، އެކަން ކުރަން ޖެހޭނީ ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ގޮތަކަށް ކަމަށެވެ. މިނިސްޓަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލި ނެތް ރަށަކަށް، މާލެއިންދާ ފަރާތްތަކުގެ ސަބަބުން ބަލި ފެތުރިދާނެތީ އެވެ.

އަތޮޅު ތެރެއަށް ފޮނުވާ ފޮނުވުން ނުވަތަ ކައުންސިލްތަކުން އެކަނޑައަޅުއްވާ ފެސިލީޓިސްތަކަށް ބޭފުޅުން ފޮނުވުން ހަގީގަތުގައި ހުއްޓާލަން ޖެހިގެންދާން ޖެހޭ ސަބަބަކަށްވީ ކުއްލިއަކަށް މިހާ ފުޅާ ދާއިރާއެއްގައި ފެތުރިގެން ދިޔައިމަ... މިސާލަކަށް ބަލީގެ އަލާމަތެއް، އަސަރެއް ނެތް ރަށަކަށް އަޅުގަނޑުމެން ރައްޔިތުންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ރައްޔިތުންގެ ތެރެއިން ބޭފުޅުން ކޮޅެއް ފޮނުވާއިރުގައި އެ ބޭފުޅުންނާއި އެކު މި ބަލި ގޮސްފިނަމަ އެ ރަށުގެ ރައްޔިތުންނަށް ނިކަމެތިކަން މެދުވެރިވުން އެއީ ސަރުކާރުން ބޭނުންވާނެ ކަމެއް ނޫން.
އިމްރާޏް އަބްދުﷲ - ހޯމް މިނިސްޓަރު

މިހާތަނަކަށް މާލޭގައި ތާށިވެފައި ތިބި ރައްޔިތުން، އަނބުރާ ރަށަށް ދާން ހުޅުވާލާފައިވާ ފުރުސަތު ހުއްޓާލާފައެއް ނުވެ އެވެ. ނަމަވެސް، މިހާރު ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ރަށަށް ދެވޭނެ ގޮތެއް ނެތް އެތައް ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ ތެރޭގައި ގިނައީ، އާމްދަނީ އަށް އައި ހީނަރުކަމާއި ގުޅިގެން ކުލި ނުދެއްކިގެން އަނބުރާ ރަށަށް ދާން ބޭނުންވާ ފަރާތްތަކެވެ.

- ކޮމެންޓް
9 މެއި 2020 | ހޮނިހިރު 13:09
ށަސދދދ
ބަލަ ރައްކާތެރިކަމާއިއެކު ރައްރްށުގަވާ ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދެވޭނެދޯ. ވަޓް އަ ޖޯކް އިމްރާން.
9 މެއި 2020 | ހޮނިހިރު 13:04
ފީ ފީރަސް
ދެން އެހެން ވިއްޔާ ކޮންމެ ވެސް އެހެން ގޮތެއް ހޯދާ ދޭން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން އެއީ ބިކަ ވަމުން މި ދަނީ އާމު ރައްޔިތު މީހުން މުސާރަ ކުޑަ ވީ ނުވަތަ ވަޒީފާ އިން ވަކި ކުރީ އާދައިގެ މީހުން ކަމަށް ވާތީ ސަރުކާރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ހުރިހާ އެންމެން ގެނެވޭ އެއްވެސް ސުވާލެއް ސަބަބެއް އެކަމުގައި ދައްކާ މިނިސްޓަރ އެއް ނެތް ކީއްވެ؟؟؟ ރާއްޖޭގެ ތެރޭ މީހުން ވާހަކަ ދައްކާ އިރަށް މިމީހުން ގެ ލޭ ކެކި އަރަނީ ކިހިނެށް ކަމެއް ކަން ނޭނގެއެވެ ދެރަ ކަމެއް......... އަބަދުވެސް ހާލު ގައި މި ޖެހެނީ ރާއްޖެ ތެރޭ މީހުން
9 މެއި 2020 | ހޮނިހިރު 06:26
ރާޒީ
ކަރަްންޓީން ނިންމާފަ ޓެސްޓްް ކޮއްފަ މި ފޮނުވަނީ ރަށައް ދެން ނޭގެ ރަށުގައި ބަލި ފެތުރެންވީ ސަބަބެއް. ތިގޮތައް ވިސްނުން ހުރީމަ މިހާރު ސުވާލު އުފެދޭ ރާއްޖެއިން ބޭރުގައިތިބި ދިވެހިން ގެނެސް މިޖެހިސަކަރާތް، ހަމަ ބަލި ފެތުރޭނެ ދޯ އެމީހުންގެ ކިބައިންވެސް. މާލަސްވެއްޖެ ފާޑުފާޑު ވިސްނުން ގެންގުޅެެން، ބޭކާރު ވާހަކަ ދެއްކުން ސަރުކާރުން ހުއްޓާލަންވެއްޖެ.
9 މެއި 2020 | ހޮނިހިރު 05:51
ސޭހު
މިނިސްޓަރު މޮޔަ ފުޅު ވެލެއްވީ ތޯ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ޖަލުން ޤައިދީންް މިނިވަން ކޮށް ފަ އައްޑުއަށް ފޮނުވީ ހަމަހޭގަ ހުރެގެންތަ ޑޮކްޓަރަށް ދައްކަން އައިސް ރަށަށް ނުދެވި ތިބި މީހުން ފޮނުވުން މާ އައުލާކަން ބޮޑުވާނެ. ޢެލްޖިއޭ ޖެންޑަރ ރަށުކައުންސިލް ނަން ނޯޓް ނުކުރާ ތަނެއް ނުހުންނާނެ. ވީކަމެއް ހަރާން.