ހަރުކަށި ފިކުރުގެ މީހުންގެ ތެރެއިން 8 މީހަކު މޮނިޓަރކޮށް, ކޮންޓްރޯލް ކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފި އެވެ.
ރާއްޖެ ޓީވީގެ ''ކޮވިޑް-19'' ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ރައްޔިތުންނަށް ގެއްލުންވެ، ނުރައްކާވާ ފަދަ ބޮޑެތި ކަންތައްތައް ރާވާ ގޮންޖެހުންތައް ކުރިމަތި ކުރުވުމަށް އެކި ފަހަރުމަތިން މަސައްކަތް ކޮޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ފެއިލް ކޮށްލާ އެފަދަ ކަންތައްތަކަށް އިތުރަށް ސަމާލުވެ, ފާއިތުވެ ދިޔަ ހަފްތާގައި ވެސް އެކަށީގެންވާ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގިފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި އެ އޮޕަރޭޝަންތަކުގައި އެކަށީގެންވާ ވަރުގެ ކާމިޔާބީ ތަކެއްވެސް ހޯދާފައިވާކަން އުފަލާއެކު ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ، އޮޕަރޭޝަންތަކުގެ ތަފްސީލު މި ހަފްތާ ތެރޭގައި މީޑިއާތަކާއި ހިއްސާކުރައްވާނެ ކަމަށެވެ.
އެއަށް ފަހު އިމްރާން ވިދާޅުވީ، ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން އެދިގެން ހަރުކަށި ފިކުުރުގެ 8 ފަރާތެއް މޮނިޓަރ ކުރުމުގެ އަމުރު ހައިކޯޓުން ނެެރެދީފައިވާ ކަަމަށެވެ.
އިއްޔެގައި ވެސް އަޅުގަނޑުމެންނަށް ވަނީ، ހައިކޯޓުން އަށް ފަރާތެއް މައްޗަށް ''މޮނިކޮން'' އަމުރު ނެރެދެއްވާފައި. އެއީ އެ ފަރާތްތަކުން މުޖުތަމައުގެ ނުރައްކަލަށް ކުރަމުންގެންދާ ބައެއް ކަންތައްތަކުގެ ސަބަބުން އެ ފަރާތްތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށްޓަކައި ޓެރަރިޒަމް ގާނޫނުގެ ދަށުން ލިބިދީގެންވާ އިހްތިޔާރުގެ ދަށުން ހޯމް މިނިސްޓްރީން އެޕްލައިން ކޮށްގެން ހޯމް މިނިސްޓްރީން ވަނީ 8 ފަރާތެއް މޮނިޓަރކޮށް ކޮންޓްރޯލް ކުުރުމަށް އަމުރު ނެރެދެއްވާފައިހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ
ޓެރަރިޒަމް މަނާކުރާ ގާނޫނުގެ 29 މާއްދާގެ (ހ) ގައި ބުނާ ގޮތުން ގާނޫގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖްތަމަޢަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ. އެފަދަ އަމުރު ތަކަށް ކިޔާނީ "މޮނިކޮން އަމުރު" ކަން ކަމަށް އެ މާއްދާގެ (ށ) ގައި ވަނީ ބަޔާންކޮށްފައެވެ. އެފަދަ އަމުރެއް ކޯޓުން ނެރެފިނަމަ، އެ އަމުރެއް ތަންފީޒު ކުރާނީ ފުލުހުންނެވެ.
މި އަމުރު ނެރުމުގެ ބާރު ކުރިން ދީފައިވަނީ ސީދާ ހޯމް މިނިސްޓަރަށެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ އުމަރު ނަސީރު އެވެ. އުމަރު ނަސީރުގެ ވަޒީރުކަމުގައި އޭނާ ވަނީ ގޭންގުތަކުގެ ބޮޑުންގެ ފައިގައި މި ޓެގް އަޅުވާފަ އެވެ.