ޕެންޝަން ފަންޑު ބޭނުން ކުރާ ހިސާބަށް ނުދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ މިދަނޑިވަޅުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާތައް ދިނުމަށް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ. އެކަމާ ގުޅިގެން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓް ފައްޔާޒު ވިދާޅުވީ، ޕެންޝަން ފަންޑުގައި އަތްލާ ހިސާބަށް ދިޔަ ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފެންޝަން ފަންޑަކީ އެންމެ ފަރުދެއްގެ ހައްގެއް ނޫން ކަމަށާއި، މުޅި ޕެންޝަން ފަންޑަކީ ބޮޑު ސްކީމެއް ކަމަށެވެ. އަދި ވަކި އުސޫލުތަކެއް ކަނޑައެޅި، ރިޓަޔަރމަންޓްގައި ފައިސާދޭ އުސޫލެއް ކުރީ ސަރުކާރުތަކުން ހަމަޖެއްސީ ވަކި މަގުސަދެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕެންޝަން ފަންޑަކީ އެއްވެސް ގައުމެއްގައި އާންމު އުސޫލުގެ ދަށުން ޕެންޝަން ފަންޑުން ފައިސާ ކުރިއަށް ނެގޭ އެއްޗެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިއީ ޕްރޮވިޑެންޓް ފަންޑެއް ނޫން ކަމަށެވެ. ނަމަވެސް ކުރިން ރާއްޖޭގައި އޮތީ ޕްރޮވިޑެންޓް ފަންޑެއް ކަމަށާއި، އެއީ އެމީހަކަށް ބޮޑެތި ކަންކަން ޖެހުނީމަ ބޭނުން ކުރެވޭ ގޮތަށް ސަރުކާރުން އޭރު ހަމަޖެއްސި އެއްޗެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭތި ބަދަލުވެގެން ދިޔައީ ޕެންޝަން ފަންޑަށް. ޕެންޝަން ފަންޑުގެ ރިޓަޔަރމަންޓަށް ދިއުމުގެ ކުރިން މީހާ މަރުވެސް ވެދާނެ. އެކަމަކު އޭގެ މާނައަކީ އޭނާގެ އާއިލާއަށް ޕްރޮވައިޑް ކޮށްދެވޭނެ. އެހެންވީމަ އެހާ ފަސޭހަކަމެއް ނޫން އެހާ ރަނގަޅު ކަމެއް ނޫން ކުއްލި އަކަށް ކޮންމެ ފަހަރަކު ކަމެއްޖެހޭ އިރަށް ޕެންޝަން ފަންޑުން އެފައިސާ ނަގަން. ކުރިއަށް އޮތްތާގައި އަޅުގަނޑުމެންނަށް ބެލިދާނެ ޕެންޝަން ފަންޑުގެ އިތުރުން ޕްރޮވިޑެންޓް ފަންޑެއް މިސާލަކަށް ހަދަންވީ. އެހެންވެއްޖެއާ. އެކަހަލަ ހާލަތުގައި އޭގައި ޖެހެންޏާއިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޕެންޝަން ފަންޑަކީ ކޮންމެ ފަހަރަކު ކަމެއް ދިމާވާއިރަށް އަތްލަން އޮންނަ އެއްޗެއް ނޫން ކަމަށާއި، އެއީ އެއަށްވުރެ ބްރޯޑް އެއްޗެއް ކަމަށެވެ.
މިކަމުގައި ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިތުރު ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.