ކ. މާލެ
|
6 މެއި 2020 | ބުދަ 00:54
ކޮންޓެކްޓް ޓްރޭސިންގ އަދި ސާމްޕަލް ނެގުމަށް ބޭއްވުނު ޑްރިލްއެއްގެ ތެރެއިން
ކޮންޓެކްޓް ޓްރޭސިންގ އަދި ސާމްޕަލް ނެގުމަށް ބޭއްވުނު ޑްރިލްއެއްގެ ތެރެއިން
ވީނިއުސް
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް
ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 4441 މީހަކު ފާހަގަކުރެވިފައިވޭ
ފަރުވާ ދެމުންދަނީ 549 މީހުންނަށް
ނަތީޖާ ނުލިބި މިވަގުތު 477 ސާމްޕަލެއްވޭ
258 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތުގައި

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި އެކި ގޮތްގޮތުން ކޮންޓެކްޓްވި 4441 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯއީސީ) އިން ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާ ހިސާބަށް އައި އިރުގައި ޖުމްލަ 9863 ސާމްޕަލެއްނެގިފައިވާ ކަމަށާއި، އޭގެ ތެރެއިން 573 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަތީޖާ ނުލިބި މިވަގުތު 477 ސާމްޕަލެއް ވެއެވެ.

މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިފައިވާ 258 ތަނެއް ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފަ އެވެ. މޮނީޓަރިންގ އަށް ލެވުނު ތަންތަނުގެ ތެރޭގައި ގިނައީ ޕްރައިމަރީ އަދި ސެކަންޑްރީ ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތްތައް ދިރިއުޅެމުން އައި ތަންތަނާއި ވަޒީފާ އަދާކުރަމުން އަންނަ ތަންތަނެވެ.

- ކޮމެންޓް