ކ. މާލެ
|
5 މެއި 2020 | އަންގާރަ 16:06
ޗައިނާ ރައްޔިތުންނަށް މަގުމަތިން ފޮށުމާއި، ޖިސްމާނީ ފުރައްސާރަ ކުރާ މައްސަލަތައްވެސް ދަނީ ގިނަވަމުން
ޗައިނާ ރައްޔިތުންނަށް މަގުމަތިން ފޮށުމާއި، ޖިސްމާނީ ފުރައްސާރަ ކުރާ މައްސަލަތައްވެސް ދަނީ ގިނަވަމުން
ބީބީސީ
ކޮވިޑް-19 އިނގިރޭސިވިލާތާއި ޗައިނާ
ޔޫކޭގައި ދިރިއުޅޭ ޗައިނާ ރައްޔިތުންނަށް އަނިޔާކުރާ މައްސަލަތައް ގިނަވަނީ
ޔޫކޭއިން މިހާތަނަށް 190،000ށް ވުރެ ގިނަ ކޭސްތައް ފެނިފައިވޭ
ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ފުރައްސާރަ ކުރުމާއި، މަގުމަތިން ފޮށުމުގެ މައްސަލަތަކެއްވެސް ހިމެނޭ
އެކި ކަހަލަ ޖިސްމާނީ އަނިޔާ ޗައިނާ ރައްޔިތުންނަށް އަމާޒުކޮށްގެން ދޭ މިންވަރު ދަނީ އިތުރުވަމުން

ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެންފެށި ޤައުމުކަމަށްވާ ޗައިނާގެ ރައްޔިތުންގެ ތެރެއިން އިނގިރޭސިވިލާތް (ޔޫކޭ)ގައި ދިރިއުޅޭ ރައްޔިތުންނަށް އަނިޔާ ކުރާ މައްސަލަތައް ފެންމަތިވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ފުލުހުންނާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މާރޗު މަހުގެ ނިޔަލަށް އެފަދަ 267 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި އެކި ކަހަލަ އަނިޔާ ކުރުމާއި، ފޭރުމާއި، ފުރައްސާރައިގެ މައްސަލަތައްވެސް ހިމެނޭކަން އެޤައުމުގެ ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަނިޔާ ލިބުނު ބައެއް މީހުންނާ ޙަވާލަދީ ސްކައިނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ފުރައްސާރަ ކުރުމާއި، މަގުމަތިން ފޮށުމުގެ އިތުރުން، އެކި ކަހަލަ ޖިސްމާނީ އަނިޔާ ޗައިނާ ރައްޔިތުންނަށް ޢަމާޒުކޮށްގެން ދޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

އިނގިރޭސި ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ސީދާ ޗައިނާ ރައްޔިތުން ދެކެ ނަފްރަތުކޮށްގެން ކޮށްފައިވާ މިފަދަ ކުށްތަކުގެ ޢަދަދު ފާއިތުވި އަހަރުތަކާ އަޅާބަލާއިރު 3 ގުނައަށް އިތުރުވެފައިވާއިރު، އޭގެ ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަނީ މި ވައިރަސް އެންމެ ފުރަތަމަ ފެތުރެންފެށިކަމަށް ރިޕޯޓުކުރެވުނީ ޗައިނާގައި ކަމަށްވުމެވެ.

ކޮވިޑް-19 ގެ ރޯގާ އެންމެ ފުރަތަމަ ރިޕޯޓުކުރެވުނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާގެ ހޫބެއި ޕްރޮވިންސްގެ ވުހާން ސިޓީން ފެނުނު މި ވައިރަސް ދުނިޔޭގެ 217 ޤައުމު/ޓެރިޓަރީސްއަކުން ފެނިފައިވާއިރު، މުޅި ދުނިޔެއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުން އެންމެ ގިނަ 4 ޤައުމު ތެރޭގައި އިނގިރޭސި ވިލާތް ހިމެނެއެވެ.

އެޤައުމުން މިހާތަނަށް 190،000ށް ވުރެ ގިނަ ކޭސްތައް ފެނިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް