ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާ ގުޅުމެއްނެތި 39 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޮކްޓަރ، ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު މިކަމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ އެއްވެސް ކްލަސްޓަރއަކާ ގުޅުމެއް ނެތް، އިންޑިޕެންޑެންޓް ކޭސް ގިނަވާނަމަ، އެ އިޝާރާތްކުރަނީ ކުރަނީ މުޖުތަމައު ތެރޭގައި ވައިރަސް އެކި ދިމާދިމާލުގައި އުޅޭކަން ކަމަށެވެ. އެހެންނަމަވެސް މިހާރު ފެނިފައިހުރި ކޭސްތަކަށް ބަލާއިރު، އެ ކޭސްތަކުގެ ތެރެއިން އިތުރު ބަޔަކު ޕޮޒިޓިވް ވެފައިނުވާކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ކޭސް ލޯޑަށް ބަލާކަމަށްވާނަމަ އަދި މިހާތަނަށް ފެނިފައިވާ އިންޑިޕެންޑެންޓް ކޭސްތައް އައިސޮލޭޓެޑްކޮށް ފެނިފައި އަދި މިހާތަނަށް އެއާ ގުޅިގެން އިތުރު ކޭސްތަކެއް ފެތުރިފައި ނުވާތީ އެއީ ކޮންޓްރޯލް ކޭސްތަކެއްގެ ގޮތުގަިއ މިބަލަނީ. އިންޑިޕެންޓެންޑް ކޭސް މަދު މަދުން ފެންނަނީ އެހެންނަމަވެސް އެއީ ނޭންގި ކޭސްތަކެއް އެކި ދިމާދިމާލުގައި ފެތުރޭ ކަމުގެ އިޝާރާތެއް އެއީ.ޑރ އިބްރާހިމް އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ މިފަދަ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގ ވެސް ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް 445 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރޭގައި ގިނަ މީހުންނަކީ މާލޭގައި އުޅޭ މީހުންނެވެ. މާލެ ފިޔަވައި މުޖުތަމައު ތެރޭގައި ވައިރަސް ފެތުރިފައިވާ ކަމަށް މިހާތަނަށް އެޗްޕީއޭއިން ބުނެފައިވަނީ ނަރުދޫގަ އެވެ. އެ ރަށުން މިހާތަަނަށް 11 ކޭސްއެއް ވަނީ ރިޕޯޓްކުރެވިފަ އެވެ.