ރާއްޖޭއިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ 4 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 545 ށް އަރާފައިވާ ކަމަށެވެ. ނަމަވެސް ފަހުން ޕޮޒިޓިވްވީ ދިވެހިން ކަމެއް އަދި ބިދޭސީން ކަމެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ.
އާދިއްތަ ދުވަހު މިހާތަނަށް 18 މީހަކު މިވަނީ މިވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ. މިދެތިން ދުވަހު ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ނަމަވެސް އޭގެ މާނައަކީ ވައިރަަސްގެ އަސަރު ކުޑަވީ ނޫންކަމަށް އެޗްޕީއޭގެ ޑޮކްޓަރ ޑރ އިބްރާހީމް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.