ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ބްރަޒިލްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ފާއިތުވި 24 ގަޑި އިރު ތެރޭގައި ބްރަޒިލްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4500 އަށްވުރެ މައްޗަށް އަރާފައެވެ. މިއާއެކު އެގައުމުގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 101،000 އަށްވުރ މައްޗަށް އަރާފައެވެ.
މިއީ ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވި ގައުމެވެ. ދެކުނު އެމެރިކާގެ ހުރިހާ ގައުމުތަކުން 2 ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު ބްރަޒިލުން މީގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރެއެވެ.
ފާއިތުވި 24 ގަޑި އިރު ތެރޭގައި 4588 މީހަކު އެގައުމުން ޕޮޒިޓިވްވި އިރު، މަރުވި މީހުންގެ އަދަދު އުޅެނީ 7000 ށް ވުރެ މަތީގައެވެ. ފާއިތުވި 24 ގަޑި އިރު ތެރޭގައި އެގައުމުން ވަނީ 275 މީހުން މަރުވެފައެވެ.
ބްރަޒިލްގައި ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދަކީ 42،991 އެވެ. ފަރުވާ ދެމުން އަންނަ މީހުންގެ އަދަދކީ 51،131 އެވެ. ކްރިޓިކަލް ނުވަތަ ސީރިއަސްނ ހާލަތުގައި 8،318 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން 2 ވަނައަށް އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ޕެރޫ އިންނެވެ. އެގައުމުން މިހާތަނަށް 45،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވްގެން ރިޕޯޓްކޮށްފައިވެއެވެ.