އއ. ހިމަންދޫ ބަނދަރުގެ މަސައްކަތް ނިންމާ، އެބަނދަރު ހުޅުވައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބަނދަރުގެ މަސައްކަތް ފެށީ 2019 އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
އެމްޓީސީސީން ބުނީ އއ. ހިމަންދޫ ބަނދަރު ތަރައްޤީ ކުރީ ތިން މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއަކާއި، ރޭމްޕަކާއެކު ކަމަށެވެ. އަދި އެރަށުގެ ފަޅުން 28،030 ކިޔުބިކް މީޓަރުގެ ޞަރަޙައްދެއް ފުންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ 405 މީޓަރުގެ ބްރޭކްވޯޓަރ އަކާއި، 141 މީޓަރުގެ ރިވެޓްމެންޓު ޖަހާފައިވާ ކަމަށެވެ. އެމްޓީސީސީންވަނީ ބަނދަރުގެ ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ބަނދަރުގައި ލައިޓު ހަރުކޮށް، 1750 އަކަ މީޓަރުގެ ޞަރަޙައްދެއްގައި ޕޭވްމެންޓު އަޅާފައެވެ.
އއ. ހިމަންދޫ ބަނދަރުގެ މަޝްރޫޢަށް 47.1 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވެއެވެ.