ކ. މާލެ
|
3 މެއި 2020 | އާދީއްތަ 04:28
މީހަކު މާސްކެއް ހިފަހައްޓައިގެން
މީހަކު މާސްކެއް ހިފަހައްޓައިގެން
ބީބީސީ
ކޮވިޑް-19 ސްޕެއިންގެ ހާލަތު
އާންމު ދަތުރުފަތުރު ކުރާ ސަރަހައްދުތަކުގައި މާސްކް ބޭނުންކުރުމަށް ސްޕެއިން ސަރުކާރުން މަޖުބޫރުކުރަނީ
 
މާސްކް އެޅުމަށް މަޖުބޫރު ކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން އާންމު ދަތުރުފަތުރު ކުރާ ސަރަހައްދުތަކުގައި މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން މާސްކް ބޭނުންކުރުމަށް ސްޕެއިން ސަރުކާރުން މަޖުބޫރު ކުރަން ނިންމައިފިއެވެ.

އެ ޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅިގެން 6 މިލިއަން މާސްކް ބެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މާސްކުތައް އާންމު ދަތުރުފަތުރު ކުރާ ސަރަހައްދުތަކުގައި ބެހުމަށް ނިންމާފައިވާއިރު އިތުރު 7 މިލިއަން މާސްކް ކަމާއި ގުޅޭ އިދާރާތަކަށް ބެހުމަށް ނިންމާފައިވާ އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްޕެއިން އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިހާރު ވަނީ ދޫދޭން ފަށާފައެވެ. އެގޮތުން ހަތް ހަފްތާ ފަހުން އެ ޤައުމުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ކަސްރަތު ކުރުމަށް ބޭރަށް ނިކުތުމުގެ ފުރުސަތު ދީފައެވެ.

ސްޕެއިން ލޮކްޑައުން ކޮށްފައި އޮތްނަމަވެސް މިފަހަކުން ވަނީ އެގައުމުގެ 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ދީފައެވެ.

މެއި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ސްޕެއިން ލޮކްޑައުންގައި ބޭއްވުމަށް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ