ކ. މާލެ
|
3 މެއި 2020 | އާދީއްތަ 01:39
ފްރާންސްގައި ބަލި ޖެހިގެން އެނދުމަތި ކުރެވޭ މީހުންގެ އަދަދުތައް ދަނީ ދަށްވަމުން
ފްރާންސް 24
ކޮވިޑް-19 ފްރާންސްގެ ޙާލަތު
ހޮނިހިރު ދުވަހު ފްރާންސުން ކޮވިޑް-19 ޖެހިގެން 166 މީހުން މަރުވެއްޖެ
 
އެ ޤައުމުން ވަނީ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފަ
 
އެ ޤައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު 24،760ށް އަރާފައިވޭ
 
ހުކުރު ދުވަހު އެ ޤައުމުން މަރުވެފައިވަނީ 218 މީހުން

ފްރާންސުން ކޮވިޑް-19 ޖެހިގެން ހޮނިހިރު ދުވަހު އެކަނިވެސް 166 މީހުން މަރުވެއްޖެއެވެ.

ފްރާންސްގެ ހެލްތް މިނިސްޓްރީއާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ފްރާންސުން އިތުރު 166 މީހުން މަރުވެ، އެ ޤައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު 24،760ށް އަރާފައިވާއިރު، ބަލި ޖެހިގެން އެ ޤައުމުގައި އެނދުމަތި ކުރެވޭ ފަރާތްތަކާއި، އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު ފާއިތުވި ދުވަސްތަކުގައި ވަނީ ދަށްވެފައެވެ.

އެގޮތުން މިބީދައިން އަދަދުތައް ދަށްވަމުންދާތާ ދެ ހަފްތާވެފައިވާއިރު، ހުކުރު ދުވަހު އެ ޤައުމުން މަރުވެފައިވަނީ 218 މީހުންކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. އަދި ކޮވިޑް-19 ޖެހިގެން އެނދުމަތި ކުރެވޭ ފަރާތްތަކުގެ އަދަދުވެސް 25،887ން 25,827ށް ވަނީ ދަށްވެފައެވެ.

ފްރާންސްގައި މި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުން ވަނީ ދަތުރުފަތުރު ކޮށްފައި އެ ޤައުމަށް އެތެރެވާ ހުރިހާ ފަރާތެއްވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރާން ޖެހޭނެކަމަށް ބުނެފައެވެ. އެގޮތުން ފްރާންސްގެ ރައްޔިތުންވެސް މި މުއްދަތަށް ކަރަންޓީން ވާން ޖެހޭނެކަމަށް ބުނެފައިވެއެވެ.

އެހެން ނަމަވެސް، އެ ޤައުމުން ވަނީ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައެވެ. އެގޮތުން މިހިނގާ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު