ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 20:38
ބޯރިސް ޖޯންސަންގެ ދަރިކަލުން ވިލްފްރެޑް ލޯރީ ނިކޮލަސް ޖޯންސަން
ބޯރިސް ޖޯންސަންގެ ދަރިކަލުން ވިލްފްރެޑް ލޯރީ ނިކޮލަސް ޖޯންސަން
އިންސްޓަގްރާމް
ޔޫކޭގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން
ބޮރިސް ޖޯންސަންގެ ދަރިކަލުންނަށް ނަންދެއްވީ ބޯރިސްއަށް ފަރުވާދެއްވި ޑޮކްޓަރުންގެ ނަމާ ގުޅުވައިގެން
 
އައިސީޔޫގައި އެޑްމިޓް ކުރެވުނީ ނޭވާލުމުގެ މައްސަލައެއް ކުރިމަތިވުމާއި ގުޅިގެން
 
ޔޫކޭގެ އެންއެޗްއެސްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާކުރައްވާފައިވޭ
 
ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވި މާރޗްމަހުގެ 26 ވަނަ ދުވަހު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ދަރިކަލުންނަށް ނަން ދެއްވީ އެމަނިކުފާނު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން އެޑްމިޓްކުރައްވާފައި އޮންނެވިއިރު، ފަރުވާދެއްވި ޑޮކްޓަރުންގެ ނަމާ ގުޅުވައިގެންނެވެ.

ބޮރިސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ނަމަވެސް ފަަރުވާދީގެން މިހާރު ޞިއްޙީ ޙާލަތު ރަނަގަޅުވެއްޖެއެވެ. އަދި ބުދަ ދުވަހު ބޮރިސްއާއި ލޯބިވެރިޔާ ކެރީ ސައިމަންޑްސްގެ ފުރަތަމަ ދަރިކަލުން އުފަންވެފައިވާއިރު، ވިލްފްރެޑް ލައުރީ ނިކޮލަސް ޖޯންސަންގެ ނަމުން ނަންދީފައިވެއެވެ.

ދަރިކަލުންނަށް ނަން ދެއްވާފައިވަނީ ބޯރިސްގެ ކާފާފުޅު ވިލްފްރެޑްއާއި، މާމާފުޅު ލައުރީގެ ނަމާއި ގުޅުވައިގެން ކަމަށާއި، އޭގެ އިތުރުން، ބޯރިސް އައިސީޔޫގައި އެޑްމިޓްކުރައްވާފައި އޮންނަވަނިކޮށް ފަރުވާދެއްވި 2 ޑޮކްޓަރުންކަމަށްވާ ޑރ ނިކް ޕްރައިޒްއާއި، ޑރ ނިކް ހާރޓްގެ ނަމާ ގުޅުވައިގެން ކަމަށެވެ.

އޭގެ އިތުރުން، ބޮރިސްއާއި، ކެރީވަނީ ޔޫކޭގެ ނޭޝަނަލް ހެލްތު ސަރވިސަސްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވި މާރޗްމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު އެކަން އަމިއްލަފުޅަށް އިޢުލާނުކުރެއްވުމަށް ފަހު ޑައުނިންގް ސްޓްރީޓްގެ އެޕާޓްމެންޓެއްގައި އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ފަރުވާ ހޯއްދަވަން ފެއްޓެވި އެވެ. އަދި ނޭވާލުމުގެ މައްސަލައެއް ކުރިމަތިވުމާއި ގުޅިގެން އައިސީޔޫގައި އެޑްމިޓް ކުރެވުނެވެ. ނަމަވެސް ބަލިން ފަސޭހަވެވަޑައިގެން މިހާރު ބޮރިސް ވަނީ އެނބުރި މަސައްކަތަށްވެސް ނުކުންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި