ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 17:33
ތަކަންދޫ: 02 މެއި 2020، ބަނދަރުގައި އޮތް ލޮރީއަކަށް ބަޔަކު އަރަނީ
ތަކަންދޫ: 02 މެއި 2020، ބަނދަރުގައި އޮތް ލޮރީއަކަށް ބަޔަކު އަރަނީ
ރާއްޖެއެމްވީ
ކޮވިޑް-19: ތަކަންދޫގެ ހާލަތު
ހަރުކަށި ފިޔަވަޅުތަކާއެކު ތަކަންދޫ ކުއްލި ހާލަތަށް
އަރައި ފޭބުން ވަނީ މަނާކޮށްފައި
މާސްކު އެޅުމަށް ވަނީ މަޖުބޫރް ކޮށްފައި
ގެއިން ބޭރުގައި އުޅެވޭނެ ގަޑިއަކަށް ކަނޑައަޅާފައިވަނީ ހެނދުނު 06:00 އިން 18:00

ހއ. ތަކަންދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެ ރަށް ކުއްލި ޙާލަތަށް ގެނެސް, ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

އެ ރަށުން ތިން މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެ ތިން މީހުންނަކީ މިހާރު މޮނިޓަރިންގެ ޙާލަތުގައި އޮތް ކާވިޔާ ބޯޓުން ދަތުރުކުރި މީހުންނެވެ. ތަކަންދޫ ކައުންސިލުން ވަނީ ކުއްލި ޙާލަތުގައި ރައްޔިތުން ޢަމަލުކުރަންވީ ގޮތުގެ އުޞޫލެއް ކަނޑައަޅާފައެެވެ. އެގޮތުން ޒަރޫރީ ބޭނުމަށް ގެއިން ނިކުތުމަށް ޓާސްކް ފޯސް ފަރާތުން ދޫކޮށްފައިވާ ފާސް ބޭނުން ކުރަން ޖެހެއެވެ.

ކަައުންސިލުން ބުނީ، ބޭރަށް ނިކުމެ އުޅޭއިރު ހުރިހާ ފަރާތްތަކުންވެސް މާސްކު ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އަދި ގައިދުރުކަން ކަށަވަރުވާ ގޮތަށް ވިޔަފާރި ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަނުވާ ގޮތަށް ފިހާރަތަކުން ހިދުމަތް ދިނުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ސިއްހީ އޮފިޝަލުންތަކެއް ތަކަންދޫ ގެއެއްގައި ހަރަކާތްތެރިވަނީ. ފޮޓޯ: ކިޔުންތެރިއެއް

ކާބޯތަކެތި ހަދާ ވިއްކުމަށް ހުއްދަދީފައިވާ އެއްވެސް ތަނަކުން ޓޭކްއަވޭގެ ޚިދުމަތް ފިޔަވާ އެހެން އެއްވެސް ޚިދުމަތެއް ނުދިނުމަށް ކައުންސިލުން ވަނީ އަންގާފައެވެ. އަދި ގެއިން ބޭރުގައި އުޅެވޭނެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 06:00 އިން 18:00 އަށެވެ.

ކައުންސިލުން ވަނީ އެނޫން ވަގުތެއްގައި ޒަރޫރީ ބޭނުމަކަށް ގެއިން ބޭރަށް ނިކުންނަން ބޭނުންވެއްޖެނަމަ ޓާސްކްފޯސް ހޮޓްލައިން ނަންބަރަށް ގުޅައިގެން ކުރިޔަށް ގެންދިޔުމަށް އެދިފައެވެ. އަދި އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

- ކޮމެންޓް