ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 05:49
ހޮރައިޒަން ފިޝަރީޒުން މާންދޫ މަހުގެ ބާވަތްތައް ހިމަނައިގެން ހަދާފައިވާ ޕޯސްޓަރު
ހޮރައިޒަން ފިޝަރީޒުން މާންދޫ މަހުގެ ބާވަތްތައް ހިމަނައިގެން ހަދާފައިވާ ޕޯސްޓަރު
ހޮރައިޒަން ފިޝަރީޒް މޯލްޑިވްސް
މާންދޫ މަހުގެ ބާވަތްތައް
މާންދޫ މަހުގެ ބާވަތްތައް މޫލީ މެދުވެރިކޮށް
ސީފުޑް ޕްލަސް” ފިހާރައިން ލިބެންހުރި އުފެއްދުންތަކަށް، މޫލީ އެޕް މެދުވެރިކޮށް އޯޑަރު ކުރެވޭނެ

ހޮރައިޒަން ފިޝަރީޒުން ވިއްކާ މާންދޫ މަސް ބްރޭންޑްގެ އުފެއްދުންތައް، އުރީދޫގެ އޮންލައިން ޕްލެޓްފޯމް ކަމަށްވާ "މޫލީ" މެދުވެރިކޮށް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ހޮރައިޒަން ފިޝަރީޒުން ބުނީ، އެ ފިޔަވަޅަކީ މިހާރު ދިމާވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

މާންދޫ މަހުގެ ބާވަތްތަކަށް އޮންލައިންކޮށް އޯޑަރު ދެވޭނެ ކަމަށާއި އޯޑަރުތައް ކަސްޓަމަރުންގެ ގެޔާ ހަމައަށް ޑެލިވަރީ ކޮށްދޭނެ ކަމަށް ހޮރައިޒަން އިން ބުނެއެވެ. އަދި ޗާންދަނީ މަގުގައި ހުންނަ ހޮރައިޒަންގެ "ސީފުޑް ޕްލަސް" ފިހާރައިން ލިބެންހުރި އުފެއްދުންތަކަށް، މޫލީ އެޕް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށް ހޮރައިޒަން އިން މައުލޫމާތުދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއެކު ވެސް ރަމަޟާން މަހާއި ދިމާކޮށް މަސް ދަޅަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް ހޮރައިޒަން ފިޝަރީޒުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެކުންފުނިން ފާހަގަކުރިއެވެ. އެގޮތުން ރަމަޟާން މަހާއި ދިމާކޮށް އެކުންފުނިން ވިއްކާ މާންދޫ ދަޅު މަހުގެ އުފެއްދުންތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައިވާ ކަމަށް ބުންޏެވެ.

އުރީދޫގެ މޫލީ އަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ، ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށްލަ ދޭ ޕްލެޓްފޯމެކެވެ.

- ކޮމެންޓް