ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަ 6 މީހުންގެ ހާލު ރަނގަޅުކަމަށް އެޗްޕީއޭގެ ޑޮކްޓަރ، ޑޮކްޓަރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި 6 މީހަކަށް ފަރުވާދެމުން ދާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 5 ފިރިހެނުންނާއި އަންހެނެއްކަމަށެވެ. އެއީ 5 ދިވެހިންނާއި އެއް ބިދޭސީއެއްކަމަށް ޑރ އަފްޒަލް ވަނީ ވިދާޅުވެފައެވެ.
މީގެކުރިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 2 މީހަކަށް އޮކްސިޖަން ދީފައިވާކަމަށް ޑރ އަފްޒަލް ވަނީ ވިދާޅުފަ އެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަލީ ލަތީފް ވަނީ އެހެން ގައުމުތަކުގެ ތަފާސް ހިސާބްތަކަށް ބަލާއިރު ގާތްގަނޑަކަށް 2 އިންސައްތަ ނިޔާވާ ކަމަށާއި ރާއްޖޭގައި މިހާތަނަށް ޖުމްލަ ޕޮޒިޓިވްވި އަދަދަށް ރިއާޔަތްކޮށް ހަދާފައިވާ އަންދާޒާ ހިސާބުތަކަށް ބަލާނަމަ ގާތްގަނޑަކަށް 15 އިންސައްތަ މީހުން ކޮމްޕްލިކޭޝަންސް އަލާމާތްތަކެއް ނުވަތަ ބަލި އިތުރަށް ބޮޑުވެއްޖެނަމަ 40 ޕޭޝަންޓުން އެޑްމިޓް ކުރަންޖެހޭނެކަމަށެވެ. އަދި ޑރ. ވިދާޅުވީ އޭގެތެރިން 14 ޕޭޝަންޓުން އައިސީޔޫގައި ފަރުވާ ދޭންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށެވެ.
މިހާތަނަށް އައިއިރު ރާއްޖޭގައި 491 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މީގެތެރެއިން 17 މީހަކު ރަނގަޅު ވެފައިވާއިރު އެކަކު ވަނީ ނިޔާވެފަ އެވެ.