ކ. މާލެ
|
1 މެއި 2020 | ހުކުރު 04:18
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ގޫގުލް
ކޮވިޑް-19 އެމެރިކާ ޗައިނާ
"ކޮވިޑް-19 އަކީ ޗައިނާގެ ލެބަކުން އުފެއްދި ވައިރަސްއެއްކަމުގެ ހެކި އެބަހުރި، ހާމަ ކުރެވޭކަށް ނެތް"
 
ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގައި ފަރުވާކުޑަ ކޮށްފައިވާ ކަމަށް ވިދާޅުވި
 
ވައިރަސް އުފެއްދި ގޮތާމެދު ވަރަށް ގިނަ ތިއަރީތައް އެބަހުރި
 
ޓްރަމްޕް ވިދާޅުވީ އެ މައުލޫމާތުތައް ހިއްސާކުރެވެން ނެތްކަމަށް

ކޮވިޑް-19 އަކީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގެ ލެބޯޓަރީއަކުން އުފައްދާފައިވާ ވައިރަސްއެއްކަން އެނގޭ ހެކި އެބަހުރި ކަމަށާއި، ނަމަވެސް ހެކި ހާމަކުރެވޭކަށް ނެތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކޮވިޑް-19 އަކީ ވުހާންގެ އިންސްޓްޓިއުޓް އޮފް ވައިރޮލޮޖީ ލެބޯޓަރީން އުފައްދާފައިވާ ވައިރަސްއެއްކަން ހާމަވާ ހެކި އެބަހުރި ކަމަށެވެ. އަދި ވައިރަސް އުފެއްދި ގޮތާމެދު ވަރަށް ގިނަ ތިއަރީތައް އެބަހުރި ކަމަށާއި، ޗައިނާއިން އެ މައުލޫމާތުތައް ހާމަ ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެހާ ޔަޤީންކަމާއެކު އެހެން ވިދާޅުވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ވަނީ އެ މައުލޫމާތުތައް ހިއްސާކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ވައިރަސް ފެތުރިގެން ދިޔަ ގޮތާމެދު ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގގެ އިހުމާލެއްވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް އެއަށް ސީދާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ، ޗައިނާއިން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގައި ފަރުވާކުޑަ ކޮށްފައިވާ ކަމަށެވެ. އެގޮތުން މިއީ ޗައިނާއިން ޤަސްތުގައި ކުރި ކަމެއްކަމަށްވެސް ބެލެވޭ ކަމަށާއި، ދެވަނަ ތިއަރީއަކީ ވައިރަސް ފެތުރެން ފެށުމުން ކޮންޓްރޯލް ކުރުމަށް ޗައިނާ ނުކުޅެދުންކަން ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޓްރަމްޕަށް ބޮޑަށް ބުރަވެވެނީ ދެވަނަ ތިއަރީއަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން އެކަމާގުޅޭ ތަހުޤީޤެއް ފަށާފައިވާކަން ކަށަވަރު ކޮށްދީފައިވާކަމަށް ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް ޗައިނާއިން ވަނީ މިއީ އެމެރިކާ ސިފައިންގެ ފަރާތުން ޗައިނާއަށް އެތެރެވި ވައިރަސްއެއްކަމަށްވެސް ތުހުމަތުކޮށްފައެވެ.

ޗައިނާއިން ފެނުނު މި ވައިރަސް ދުނިޔޭގެ 217 ސަރަޙައްދަކުން ފެނިފައިވާއިރު، މުޅި ދުނިޔެއިންވެސް ވައިރަސްއަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވަނީވެސް އަދި މަރުވެފައިވަނީވެސް އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން މިލިއަނަކަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ