ކޮވިޑް-19 އާއި ގުޅިގެން ބައެއް ފަރާތްތަކުން މުދާ ގަނެގެން ބޮޑު އަގުގައި ވިއްކަމުންދާ ކަމަށައި، އެކަން އެގޮތަށް ނުކުރުމަށް ލިލީ އިންޓަރނޭޝަނަލް އިން އެދިއްޖެއެވެ.
ލިލީން މިހެން ބުނެފައިވަނީ އެ ކުންފުނިން މުދާ ގަނެގެން ބައެއް ފަރާތްތަކުން އަގުބޮޑުކޮށް މުދާ ވިއްކަމުންދާތީއެވެ.
މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މި ހިތްދަތި އުނދަގޫ ދަނޑިވަޅުގައި އެންމެ ޒަރޫރީ ބޭނުމަކަށް ވެފައިވަނީ ދުވަހުން ދުވަހަށް ހޯދަންޖެހޭ ކާބޯތަކެތި ހޯދުމާ މިތަކެތި އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ހައްސާސް ވަގުތާ ބަރަކާތްތެރި ރޯދަމަހާދިމާވުމަކީ ވަކިން މިދަތިކަން އިތުރަށް ތަހައްމަލްކުރަން ޖެހުނު ކަމެއް ކަމަށެވެ.
ނަމަވެސް ރާއްޖޭގަ ފުޅާދާއިރާއެއްގައި ކާބޯތަކި އެތެރެކޮށް ވިއްކަމުންދާ ލިލީ އިންޓަރނޭޝަނަލް އިން ދަނީ މިދަތި އުދަގޫ ވަގުތު ވެސް ޒިންމާދާރުކަމާއެކު ރައްޔަތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށް ބުނެފައިވެއެވެ. އަދި ކޮންމެދުވަހަކު ސަތޭކައެއްހާ ފަރާތަށް ވީ އެންމެފުރިހަމައެއްކޮން ރައްޔިތުންނާ ހަމައަށް، ގެއަށް ފޯރުކޮށްދެމުންދާ ކަމަށެވެ.
މި އޯޑަރުތައް އެކިފަރާތްތަކަށް ޑެލިވަރީ ކޮށްދިނުމުގައި ލިލީ އިންޓަރނޭޝަނަލްގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށާއި، ލީލީ އިންޓަނޭޝަނަލްއިން ވިޔަފާރިތަކަށް ހަމައަގުގައި މުދާފޯރުކޮށްދިނުމުން އެފަރާތްތަކުން މުދާ އަގުބޮޑުކޮށް ވިއްކާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް އަމަލުނުކުރުމަކީ ލިލީއިންޓަނޭޝަނަލްގެ ވަރަށްބޮޑުއެދުމެއް ކަމަށް ބުނެފައިވެއެވެ.
ލިލީ އިންޓަނޭޝަނަލްއިން ބުނީ ފަހު މީހާއާ ޖެހެންދެން މުދާހުރިވަރަކުން އޯޑަރުތައްނެގުމާ ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށެވެ.