މާލޭ ތެރޭގައި ކޮވިޑް-19 އޮތް މިންވަރު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިޔަށް ގެންދިޔަ ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލައިފިއެވެ.
ކޮވިޑް-19 ގެ ކޭސްތައް މާލެއިން ފެނުމާއި ގުޅިގެން އެޗްޕީއޭ އިން ގެންދަނީ މާލޭގެ އެކި ޞަރަޙައްދުތަކުން ރެންޑަމްކޮށް ސާމްޕަލް ނަގަމުންނެވެ. ބުރާސްފަތި ދުވަހު މެންދަމު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއެކު ބައިވެރިވެ ވަޑައިގެންނެވި ޓެގް ޓީމުގެ ޑރ. ޢަލީ ލަޠީފް ވިދާޅުވީ، ޓެސްޓުކުރާ މިންވަރު އިތުރު ނުކުރެވޭހާ ހިނދަކު ރެންޑަމް ސާމްޕަލް ނެގުމުގެ މާނައެއްް ނެތްކަމަށެވެ.
ކުރީކޮޅު އަޅުގަނޑުމެން ރެންޑަމްކޮށް ސާމްޕަލް ނެގީ ކޮމިއުނިޓީ ތެރޭގައި ވައިރަސްކިހާވަރަކަށްތޯ ފެތުރިފައި އޮއްތޯ ބަލަން. މިހާރު އެގޮތައް ރެންޑަމް ސާމްޕަލިން ނަގަންޏާ ކޮންމެ ގޮތެއްވިޔަސް ޓެސްޓުގެ ނަތީޖާ އައުން ލަސްވެގެންދާނެ.ޑރ. ޢަލީ ލަޠީފް
އަތޮޅުތަކުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަަތް ހެލްތު މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެ ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ، މިހާރު ދުވާލެއްގެ މައްޗަށް 400 ސާމްޕަލް ތަހުލީލު ކުރެވޭނެ ކަމަށެވެ. ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް އިތުުރު މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.