ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 09:50
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ސަން އޮންލައިން
ގދ. ތިނަދޫގައި މީހަކު މަރުވުން
އަމަލުކޮށްފައިވާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް: އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
މަރުވެފައިވަނީ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް
ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް ވާނީ އަޅާފައި: ހޮސްޕިޓަލް

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަރުވި އުމުރުން ދުވަސްވީ މީހާ ވަޅުލުމުގައި އަމަލުކޮށްފައިވާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ކޮވިޑް-19 އާއި ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިން ތަކާއި އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ގދ.މަޑަވެލި ސިއްހީ މަރުކަޒުން އޭޕްރީލް މަހުގެ 25 ގައި އެ ހޮސްޕިޓަލަށް ޓްރާންސްފާ ކުރެވުނު ބަލިމީހާގެ ކިބައިން "ސާރީ "( ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން ) ގެ އަލާމާތްތައް ހުރުމާއި ގުޅިގެން އެޗްޕީއޭ އަށް އެ މައުލޫމާތު ހިއްސާކޮށް އަދި އެ އެޖެންސީގެ އިރުޝާދުގެ ދަށުން އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ސަވައިލަންސްގެ ބޭނުމަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ. ހޮސްޕިޓަލުން ބުނީ، ސާމްޕަލް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހޯމަ ދުވަހުގެރޭ އެ ބަލިމީހާ މަރުވެފައިވާ ކަމަށެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، ސާމްޕަލް ނެގުނު ހިސާބުން ފެށިގެން އައިސީޔޫގައި މަސައްކަތްކުރި ހުރިހާ މުވައްޒަފުން، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ގދ.މަޑަވެއްޔަށް ގެންދަން އާއިލާއިން އެދުމުން، އެހާލަތުގައި މައްޔިތާއާމެދު އަމަލުކުރަން އެޗްޕީއޭއިން ނިންމާފައިވާ ނިންމުން އާއިލާއާ ހިއްސާ ކޮށްފައިވާނެ ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައި ބުންޏެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، މައްޔިތާ ހިނަވާގެއަށް ގެންދިއުމުގެ ކުރިން، ޖަމާއަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ޖަމާއަތްތެރިން ހޮސްޕިޓަލަށް ގެނެސް، މައްޔިތާ ހިނެވުމަށް ލާންޖެހޭ (ޕީޕީއީ) ސޫޓްގެ ބޭނުމާއި، ސޫޓް ލާންޖެހޭގޮތް، ހޮސްޕިޓަލުގެ ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އެހީތެރިކަމާއެކު ކިޔާ ދެވިފައިވާނެ ކަމަށެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބަޔާނެއް ނެރެފައިމިވަނީ އެ މީހާގެ ކަށުކަމާކެމީގެ ކަންކަން ގެންދިޔަގޮތާ މެދު ޢާއިލާއިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ. އަދި ވަޅުލާފައިވަނީ ނުހިނަވާ ތަޔަމްމަމް ކޮށްގެން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

- ކޮމެންޓް