ކ. މާލެ
|
13 އޭޕްރިލް 2020 | ހޯމަ 19:23
އެމެރިކާއަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޤައުމު
އެމެރިކާއަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޤައުމު
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ސައުތް ކޮރެއާއިން އެމެރިކާއަށް 6 ލައްކަ ޓެސްޓް ކިޓް ފޮނުވަނީ
 
ޝިޕްމަންޓްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު
 
އެމެރިކާއަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޤައުމު
 
މީގެ ކުރިންވެސް އެމެރިކާގެ ލޮސް އެންޖެލަސްއަށް ޓެސްޓް ކިޓުތައް ފޮނުވާފައިވޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް އެ ޤައުމަށް ޓެސްޓް ކިޓްތައް ފޮނުވުމަށް ދެކުނު ކޮރެއާއިން ނިންމައިފިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން މި ޝިޕްމަންޓްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. އެގޮތުން މި ޝިޕްމަންޓުގައި 600،000 ޓެސްޓް ކިޓް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޓެސްޓް ކިޓްތައް ފޮނުވުމަށް ޓްރަމްޕް އެދިވަޑައިގެންފައިވަނީ ނިމިދިޔަ މާރޗު މަހުގެ 25 ވަނަ ދުވަހު އެ ޤައުމުގެ ރައީސާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ދެކުނު ކޮރެއާއިން ފޮނުވާ ފުރަތަމަ ޝިޕްމަންޓަށް އެމެރިކާއިން ފައިސާ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 150،000 ޓެސްޓްކިޓް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެކުނު ކޮރެއާއިން މީގެ ކުރިންވެސް އެމެރިކާގެ ލޮސް އެންޖެލަސްއަށް ޓެސްޓް ކިޓުތައް ފޮނުވާފައިވެއެވެ. ނަމަވެސް މިފަހަރު ފޮނުވާ ޝިޕްމަންޓަކީ ގަނޑުކޮށް މިހައި ބޮޑު އަދަދެއް ފޮނުވާ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޤައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް