ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 10:45
ކޮވިޑް-19 ޓެސްޓް ކިޓް: އެބޮޓް ލެބޯޓަރީން އުފެއްދި މި ޓެސްޓް ބޭނުންުކުރަނީ އެބޮޓް އައިޑީ ނައު ޕްލެޓްފޯމްގައި
ކޮވިޑް-19 ޓެސްޓް ކިޓް: އެބޮޓް ލެބޯޓަރީން އުފެއްދި މި ޓެސްޓް ބޭނުންުކުރަނީ އެބޮޓް އައިޑީ ނައު ޕްލެޓްފޯމްގައި
އެބޮޓް ލެބޯޓަރީސް
ކޮވިޑް-19
ކޮވިޑް-19: ޕޮޒިޓިވްކަން ނުވަތަ ނޫންކަން 15 މިނެޓްތެރޭ ދެނެގަނެވޭ ޓެސްޓެއް ހަދަން އެމެރިކާއިން ހުއްދަ ދީފި
 
ދުވާލެއްގެ މައްޗަށް 50،000 ޓެސްޓް ކިޓް އުފެއްދުމުގެ މަސައްކަތް ކުރާނެ
 
ނެގެޓިވްވެއްޖެ ނަމަ 13 މިނެޓް ތެރޭގައި ނަތީޖާ ލިބޭނެ
 
ޕޮޒިޓިވްވެއްޖެ ނަމަ 5 މިނެޓް ތެރޭގައި ދެނެގަނެވޭނެ

ކޮވިޑް-19 ބަލި ހުރިކަން ނުވަތަ ނޫންކަން 15 މިނެޓު ނުވަނީސް ދެނެގަނެވޭނެ ޓެސްޓެއް ހަދަން އެމެރިކާއިން ހުއްދަ ދީފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "އެބޮޓް ލެބޯޓަރީސް" އިން ހޯދި މި ޓެސްޓް މާރކެޓު ކުރުމަށް ހުއްދަ ލިބިފައިވާއިރު، މި ހަފުތާގެ ތެރޭގައި ޓެސްޓު ކިޓްތައް ބެހުމުގެ މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އިތުރަށް އުފެއްދުންތެރިކަން އިތުރުކޮށް، ދުވާލެއްގެ މައްޗަށް 50،000 ޓެސްޓް ކިޓް އުފެއްދުމުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި މަހެއްގެ މައްޗަށް 5 މިލިއަން ޓެސްޓު ކިޓު އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އެބޮޓް ލެބޯޓަރީސްއިން ބުނެއެވެ.

އެބޮޓް ލެބޯޓަރީސްއިން ބުނާގޮތުން މި ޓެސްޓު ކިޓުތައް ފިޒިޝަނުންނާއި، އަވަސް ފަރުވާދޭ ކުލިނިކުތަކުގެ އިތުރުން ހޮސްޕިޓަލުތަކުގައިވެސް ބޭނުން ކުރެވިދާނެއެވެ. އެގޮތުން އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް އޮފް ރިސާރޗް އެންޑް ޑިވޮލޮޕްމަންޓު، ޖޯން ފްރެލްސް ވިދާޅުވީ، ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެއްޖެ ނަމަ، 5 މިނެޓުތެރޭގައި ދެނެގަނެވޭނެ ކަމަށާއި، ނެގެޓިވްވެއްޖެ ނަމަ 13 މިނެޓް ތެރޭގައި ނަތީޖާ ލިބޭނެ ކަމަށެވެ. އަދި މި ޓެސްޓު ބޭނުންކުރާނީ އެ ކުންފުނީގެ "އެބޮޓް އައިޑީ ނައު ޕްލެޓްފޯމް" ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަރލްޑް އިކޮނޮމިކް ފޯރަމްގައި ޝާއިޢުކޮށްފައިވާ ގޮތުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން މި ޓެސްޓު ކިޓުތައް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެމެރިކާގައި ވައިރަސް ފެތުރޭ އަވަސް މިނަށް ބަލައި، މިފަދަ ކުއްލި ޙާލަތެއްގައި ބޭނުންކުރުމަށެވެ. އެގޮތުން އެމެރިކާއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވާ ޤައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް