ކ. މާލެ
|
10 އޭޕްރިލް 2020 | ހުކުރު 12:37
ޗައިނާގައި ކޮންމެ އަހަރަކުވެސް 10 މިލިއަނަށްވުރެ ގިނަ ކުއްތާ ވިޔަފާރީގެ ބޭނުމަށް މަރާލެވޭ
ޗައިނާގައި ކޮންމެ އަހަރަކުވެސް 10 މިލިއަނަށްވުރެ ގިނަ ކުއްތާ ވިޔަފާރީގެ ބޭނުމަށް މަރާލެވޭ
ޓްވިޓަރ
ކޮވިޑް-19
ޗައިނާ ގައި ކުއްތާ މަސް ނުކެއުމަށް އަންގައިފި
 
އެ ޤައުމުގައި ކޮންމެ އަހަރަކުވެސް 10 މިލިއަނަށްވުރެ ގިނަ ކުއްތާ ވިޔަފާރީގެ ބޭނުމަށް މަރާލެވޭ
 
ވައިރަސް ފެތުރިގެންދިޔައީ ޗައިނާގެ މަސް ވިއްކާ ފިހާރަތަކުން ކަމަށްވެސް އަޑުފެތުރިފައިވޭ
 
އެ ޤައުމުގައި ވަލު ޖަނަވާރު ކެއުމާއި ވިޔަފާރި ކުރުންވެސް ވަނީ މަނާކޮށްފައި

ކުއްތާ އަކީ އޮޅުކޮށްގެން ގެންގުޅެން ޖެހޭ އެއްޗެއް ކަމަށާއި، އޭގެ މަސް ނުކެއުމަށް ޗައިނާ ގެ ކަމާބެހޭ ފަރާތްތަކުން ފުރަތަމަ ފަހަރަށް އަންގައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޗައިނާ ގައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުގައި ވަލު ޖަނަވާރު ކެއުމާއި، އޭގެ ވިޔަފާރި ކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާ އިރު، އެ ޤައުމުގެ ހުރިހާ ސަރަހައްދެއް ގައި ވެސް ވަލު ޖަނަވާރު ގެ މަސް ވިއްކާ ފިހާރަތަކާއި މާރުކޭޓުތައް ހުރެ އެވެ.

އެގޮތުން މި ވައިރަސް ފެތުރިގެންދިޔައީ ޗައިނާގައި ވަލު ޖަނަވާރުގެ ވިޔަފާރި ކުރާ "ވެޓް" މާރުކޭޓަކުން ކަމަށް އަޑުފެތުރިފައިވެ އެވެ. ނަމަވެސް ވައިރަސް ފެތުރިފައިވަނީ، ސީދާ ވަލު ޖަނަވާރުން ކަމެއް ކަށަވަރުވެފައެއް ނުވެ އެވެ.

ބުދަ ދުވަހު އެ ޤައުމުގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒުން އާންމުކުރި ޑްރާފްޓެއް ގައި ބުނެފައި ވަނީ، ކުއްތާ އަކީ ވެސް އޮޅުކޮށްގެން ގެންގުޅެންޖެހޭ އެއްޗެއް ކަމަށާއި، އޭގެ މަސް ކައިގެން ނުވާނެ ކަމަށެވެ. އަދި ދުނިޔޭ ގެ އެހެނިގެން ޤައުމުތަކުން ވެސް ކުއްތާގެ މަސް ވިއްކައި، އެއިން ވިޔަފާރި ނުކުރާ ކަމަށާއި، ޗައިނާއިން ވެސް އެކަން ހުއްޓާލަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެއާއެކު މިނިސްޓްރީން ވަނީ، ވިއްކާ ވިޔަފާރީގެ ކުރުމު ގެ އިތުރުން، އެހެނިހެން ބޭނުންތަކަށް ގެންގުޅެވޭނެ ޖަނަވާރުތަކުގެ ލިސްޓެއް ވެސް އާންމުކޮށްފައެވެ. އަދި މި ޑްރާފްޓް ވަނީ އަންނަ މޭ މަހުގެ 8 ވަނަ ދުވަހު ގެ ނިޔަލަށް އާންމުން ގެ ހިޔާލަށް ހުޅުވާލާފައެވެ.

ޗައިނާގެ ރިޕޯޓްތައް ބުނާގޮތުން އެ ޤައުމުގައި ކޮންމެ އަހަރަކުވެސް 10 މިލިއަނަށް ވުރެ ގިނަ ކުއްތާ ވިޔަފާރީގެ ބޭނުމަށް މަރާލެވެ އެވެ. ނަމަވެސް އެ ޤައުމު ގެ އާބާދީ ގެ ބޮޑު ނިސްބަތަކުން ގޮވާލަމުން ދަނީ ޗައިނާ ގައި ކުއްތާ ގެ މަސް ކެއުމާއި، ވިޔަފާރި ކުރުން މުޅިން މަނާ ކުރުމަށެވެ.

މިނިސްޓްރީން އެކުލަވާލި ޑްރާފްޓް ފާސްވެއްޖެ ނަމަ އެ ޤައުމުގައި ޖަނަވާރުންގެ ޙައްޤުތަކަށް ގޮވާލާ ފަރާތްތަކަށް އިތުރު އުއްމީދެއް ލިބިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
40%
0%
0%
0%
60%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި