ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 11:33
ސްރީލަންކާއިން މިހާތަނަށް ކޮވިޑް-19 ގެ 151 ކޭސް ފެނިފައިވޭ
ސްރީލަންކާއިން މިހާތަނަށް ކޮވިޑް-19 ގެ 151 ކޭސް ފެނިފައިވޭ
އަލްޖަޒީރާ
ކޮވިޑް-19
ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވި 2 މުސްލިމުން އަންދާލުމުން އެ ޤައުމުގެ މުސްލިމުން ރަތަށް!
 
ސްރީލަންކާއިން މިހާތަނަށް ކޮވިޑް-19 ގެ 151 ކޭސް ފެނިފައިވޭ
 
އަންދާލުމާއި ވަޅުލުންވެސް އެންމެ ރަނގަޅުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނޭ
 
މުސްލިމުން އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންކަން ގެންދަން ކުރިން ހުއްދަ

ކޮވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވި މީހުން އަންދާލުމުން އެ ޤައުމުގައި ދިރިއުޅޭ ބައިމަދު މުސްލިމް އާބާދީން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

ސްރީލަންކާއިން ކޮވިޑް-19 ޖެހިގެން މަރުވި 2 މުސްލިމުން އަންދާލާފައިވާއިރު، އެ ޤައުމުގައި ދިރިއުޅޭ މުސްލިމު ރައްޔިތުން ވަނީ މުސްލިމުންގެ ކަށުކަމާކެމީގެ އުސޫލުތަކާ ޚިލާފަށް އެމީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައިވާތީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން ސްރީލަންކާގައި މި ބަލި ޖެހިގެން މަރުވި 46 އަހަރުގެ މުސްލިމެއް ކަމަށްވާ ބިޝްރުލް ހާފިޒް މުޙައްމަދު ޔޫނުސްގެ ދަރިފުޅާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން އޭނާގެ ބައްޕަގެ ޖަނާޒާގެ ކަންކަމާއި، ކަށުނަމާދު ނުކުރެވެނިސް ވަނީ އަންދާލާފައެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުން ވެހިކަލެއްގައި ގެންގޮސް އޭނާ އަންދާލާފައިވާއިރު، އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް މުސްލިމުންގެ ޖަނާޒާގެ ކަންކަން އިންތިޒާމް ކޮށްދިނުމަށް އޭނާ ވަނީ އެ ޤައުމުގެ ސަރުކާރަށް ގޮވާލާފައެވެ.

ލަންކާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ކުރިން އާންމުކުރި އުސޫލުގައި މުސްލިމުން އެމީހުންގެ ދީނުގެ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވީ ނަމަވެސް އަންގާރަ ދުވަހު އެ ވުޒާރާއިން ވަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިތައް އަންދާލައިގެން ނައްތާލުމަށް އަންގާފައެވެ.

އެ އުސޫލުގައި މައްޔިތާ ހިނެވުމާއި، ސަންދޯކަށް ލުމަކީވެސް މަނާކަމެއް ކަމަށް ބުނެފައިވާއިރު، އެކަމާވެސް އެ ޤައުމުގެ މުސްލިމު އާބާދީން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން މުސްލިމު އާބާދީތަކުގެ ލީޑަރުން ބުނަމުންދަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނެރިފައިވާ އުސޫލުތަކުގައި ކޮވިޑް-19 ޖެހިގެން މަރުވާ ފަރާތްތައް އަންދާލުމާއި، ވަޅުލުންވެސް ހުއްދަކޮށްފައިވުމާއެކު، ޤައުމުތަކުގައި ދިރިއުޅޭ މުސްލިމު އާބާދީތަކަށްވެސް އެ އިންތިޒާމު ފަހިވެފައި އޮންނަންޖެހޭނެ ކަމަށެވެ.

ސްރީލަންކާއިން މިހާތަނަށް ކޮވިޑް-19 ގެ 151 ކޭސް ފެނިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
3%
0%
32%
63%
1%
1%
ކޮމެންޓް