ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 00:52
އިނގިރޭސިވިލާތުގެ އިންގްލެންޑާއި ވޭލްސްގެ ޖަލުތަކުން އިތުރު ޤައިދީންތަކެއް ޕޮޒިޓިވްވެފައިވޭ
އިނގިރޭސިވިލާތުގެ އިންގްލެންޑާއި ވޭލްސްގެ ޖަލުތަކުން އިތުރު ޤައިދީންތަކެއް ޕޮޒިޓިވްވެފައިވޭ
ސްކައި ނިއުސް
ކޮވިޑް-19
ޔޫކޭގެ ޖަލުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 55 އަށް އަރައިފި
 
އިނގިރޭސިވިލާތުން މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22,100 އަށްވުރެ ގިނަ
 
ބައެއް އޮފިސަރުންވެސް މިހާރު ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
 
އިންގްލެންޑާއި ވޭލްސްގެ ޖަލުތަކުން އިތުރު ޤައިދީންތަކެއް ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ

އިނގިރޭސިވިލާތް (ޔޫކޭ) ގެ ޖަލުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 55 އަށް އަރައިފިއެވެ.

އެކަމާ ގުޅޭގޮތުން ސްކައި ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުން އިނގިރޭސިވިލާތުގެ އިންގްލެންޑާއި ވޭލްސްގެ ޖަލުތަކުން އިތުރު ޤައިދީންތަކެއް ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، ބައެއް އޮފިސަރުންވެސް މިހާރު ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

އެގޮތުން އެ ޤައުމުގެ 21 ޖަލަކުން މިހާތަނަށް 55 ޤައިދީން ޕޮޒިޓިވްވެފައިވާއިރު، މިއީ ހުކުރު ދުވަހުގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު، ދެގުނަ އަދަދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޖަލުގައި މަސައްކަތް ކުރާ 22 ސްޓާފެއްވެސް ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެއާއެކު ޖަލު ތަކުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ޤައުމުން އަޅަމުންދާ ފިޔަވަޅުތައްވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ޤައިދީންނަށް އާއިލީ ބައްދަލުވުން ތަކުގެ ބަދަލުގައި އާއިލާތަކާއި ފަސޭހައިން ގުޅޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ޤައުމުގެ 57 ޖަލަކަށް އިތުރު 900 ފޯނު ހޭންޑްސެޓް ފޮނުވާފައިވެއެވެ.

އިނގިރޭސިވިލާތުން މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22,100 އަށްވުރެ އިތުރުވެފައިވާއިރު، 1400 އަށްވުރެ ގިނަ މީހުން ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް