ކ. މާލެ
|
30 މާރޗް 2020 | ހޯމަ 07:35
ވައިރަސް ޖެހުނު މީހުންގެ އަދަދު އާދިއްތަ ދުވަހުގެރޭ ވަނީ 713،000 އަށްވުރެ އިތުރުވެފަ
ފްރާންސް 24
ކޮވިޑް-19
މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 7 ލައްކައަށްވުރެ ގިނަވެއްޖެ
އާދިއްތަ ދުވަހުގެރޭ ވަނީ 713،000 އަށްވުރެ އިތުރުވެފަ
އެންމެ ގިނަ އަދަދަކަށް ވައިރަސްއަށް ޕޮޒިޓިވްވި ޤައުމަކީ އެމެރިކާ
އިޓަލީއަކީ މުޅި ދުނިޔެއިން މި ވައިރަސްގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ޤައުމު

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 7 ލައްކައަށްވުރެ އިތުރުވެއްޖެއެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު ވަނީ722,088އަރާފައެވެ. އެގޮތުން އެންމެ ގިނަ ޢަދަދަކަށް ވައިރަސްއަށް ޕޮޒިޓިވްވި ޤައުމަކީ އެމެރިކާއެވެ. އެމެރިކާއިން142,070އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު،2,484އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އޭގެ އިތުރުން، މުޅި ދުނިޔެއަށް ބަލާއިރު، ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އިޓަލީންނެވެ. އިޓަލީން97,689އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، އިޓަލީއަކީ މުޅި ދުނިޔެއިން މި ވައިރަސްގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ޤައުމެވެ. އެގޮތުން އިޓަލީން10,779އަށްވުރެ ގިނަ މީހުން ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ.

މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޤައުމު ކަމަށްވާ ޗައިނާ އޮތީ ވައިރަސް އެންމެ ގިނައިން ފެނުނު ޤައުމުތަކުގެ ލިސްޓުގެ 3 ވަނައިގައެވެ. އެގޮތުން ޗައިނާއިން81,470އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު،3,304މީހުން މަރުވެފައިވެއެވެ.

އޭގެ އިތުރުން، ސްޕެއިންއާއި، ޖަރުމަނުވިލާތުގެ އިތުރުން، ފްރާންސް، އިރާން އަދި އިނގިރޭސިވިލާތުންވެސް ގިނަ ޢަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް