ކ. މާލެ
|
30 މާރޗް 2020 | ހޯމަ 07:37
ސައުދީއަރަބިއާ
ސައުދީއަރަބިއާ
ސައުދީގެޒެޓް
ކޮވިޑް-19
ކޮވިޑް-19: ސައުދީން މަރުވި މީހުންގެ އަދަދު 8 އަށް އަރައިފި
އާދިއްތަ ދުވަހު ސައުދީ އަރަބިއާއިން އިތުރު 4 މީހަކު މަރުވެފައިވޭ
ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1299 އަށް އަރާފައި
މިއީ ގަލްފުގެ އަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ވައިރަސްއަށް ޕޮޒިޓިވްވި ޤައުމު

ސައުދީއަރަބިއްޔާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު 8 އަށް އަރައިފިއެވެ.

ސައުދީއަރަބިއްޔާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން އާދިއްތަ ދުވަހު ސައުދީ އަރަބިއާއިން އިތުރު 4 މީހަކު މަރުވެ، މަރުވި މީހުންގެ ޖުމުލަ ޢަދަދު 8 އަށް އަރާފައިވާއިރު، އިތުރު 97 މީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

އެއާއެކު ސައުދީއަރަބިއްޔާއިން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 1299 އަށް އަރާފައެވެ. އަދި މިއީ ގަލްފުގެ ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ވައިރަސްއަށް ޕޮޒިޓިވްވި ޤައުމުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސައުދީއަރަބިއްޔާއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، އާދިއްތަ ދުވަހު ވަނީ ސައުދީ އަރަބިއްޔާއިން އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤުވާމީ އުދުހުންތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ. އަދި އަލުން ފަށާނީ ކޮވިޑް-19 ފެތުރެމުންދާ ޒާތައް ބަލާ، އެތެރޭގެ ކަންކަން މުރާޖަޢާކުރުމަށް ފަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައުދީ ސަރުކާރުން މީގެ ކުރިންވެސް ބަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިފަދަ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއްގަމު ދަތުުރު ހުއްޓާލާ، އެޤައުމުގެ އެއްގަމު ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. އަދި މުޤައްދަސް ތަންތަނާއި، ޙަރަމްފުޅުވަނީ އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް