ކ. މާލެ
|
23 މާރޗް 2020 | ހޯމަ 19:04
ހޯމަ ދުވަހު ވަނީ ސައުދީ އަރަބިއްޔާގައި 21 ދުވަހުގެ ކާފިއުވެސް އިއުލާނުކޮށްފައި
ހޯމަ ދުވަހު ވަނީ ސައުދީ އަރަބިއްޔާގައި 21 ދުވަހުގެ ކާފިއުވެސް އިއުލާނުކޮށްފައި
ބީބީސީ
ކޮވިޑް-19
ސައޫދީން އިތުރު 51 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ، ޖުމުލަ ކޭސްތަކުގެ އަދަދު 562 އަށް!
 
އުމްރާއަށް ވިސާ ދޫކުރުމާއި ފަތުރުވެރިކަމަށް ވިސާ ދޫކުރުންވެސް ހުއްޓާލާފައިވޭ
 
ސިވިލް އަދި މިލިޓަރީ ފަރާތްތަކަށް މިއަމުރު ތަންފީޒުކުރުމަށް އަންގާފައިވޭ
 
ހޯމަ ދުވަހު ވަނީ ސައުދީ އަރަބިއްޔާގައި 21 ދުވަހުގެ ކާފިއުވެސް އިއުލާނުކޮށްފައި

ކޮވިޑް-19 ޖެހިގެން ސައޫދީ އަރަބިއާގައި އިތުރު 51 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެ، ވައިރަސް ޖެހުނު ޖުމުލަ މީހުންގެ އަދަދު 562 އަށް އަރައިފިއެވެ.

ސައުދީގެ ދައުލަތުގެ މީޑިއާއިން އާންމުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އެ ޤައުމުން އިތުރު 51 މީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ޤައުމުން މި ވައިރަސްއަށް ޕޮޒިިޓިވްވި މީހުންގެ ޖުމުލަ އަދަދު 562 އަށް އަރާފައިވާއިރު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެގޮތުން ހޯމަ ދުވަހު ވަނީ ސައުދީ އަރަބިއްޔާގައި 21 ދުވަހުގެ ކާފިއުވެސް އިއުލާނުކޮށްފައެވެ.

ސައޫދީގެ ޕްރެސް އެޖެންސީން ބުނާގޮތުގައި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ވަނީ ރޭގަނޑު 7:00 އިން ހެނދުނު 6:00 އަށް 21 ދުވަސްވަންދެން މަގުތަކަށް މީހުން ނިކުތުމާއި އެއްވެއުޅުން މަނާކުރުމުގެ ޝާހީ އަމުރެއްގައި ސޮއިކުރައްވައި އެކަން ތަންފީޒު ކުރުމަށް ސައޫދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފަ އެވެ. އެއާއެކު އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ސިވިލް އަދި މިލިޓަރީ ފަރާތްތަކަށް މިއަމުރު ތަންފީޒުކުރުމަށް އަންގާފަ އެވެ.

މީގެއިތުރުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސައޫދީއިންވަނީ އުމްރާއަށް ވިސާ ދޫކުރުމާއި ފަތުރުވެރިކަމަށް ވިސާ ދޫކުރުންވެސް ހުއްޓާލާފަ އެވެ.

ސައުދީން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްއެއް ފުރަތަމަ ފެނިފައިވަނީ މިހިނގާ މާރޗު މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާއަކީ އިރާންގެ ބަހްރެއިންއަށް ދަތުރުކޮށްފައި އެނބުރި އެ ޤައުމަށް ދިޔަ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް