ކ. މާލެ
|
23 މާރޗް 2020 | ހޯމަ 18:50
ޗައިނާއިން ކެމްބޯޑިއާއަށް ފޮނުވި މެޑިކަލް ޓީމަށް މަރުޙަބާ ދެންނެވުން
ޗައިނާއިން ކެމްބޯޑިއާއަށް ފޮނުވި މެޑިކަލް ޓީމަށް މަރުޙަބާ ދެންނެވުން
ޒިންހުއާނެޓް
ކޮވިޑް-19
ކޮވިޑް-19: ޗައިނާއިން ކެމްބޯޑިއާއަށް މެޑިކަލް ޓީމެއް ފޮނުވައިފި
 
ޗައިނާއިން ވަނީ ކެމްބޯޑިއާއަށް ޓެސްޓް ކިޓާއި، މާސްކުގެ އިތުރުން، ހަޒްމަޓް ސޫޓާއި އެހެނިހެން ސާމާނުވެސް ފޮނުވާފައި
 
މެޑިކަލް ޓީމުގައި 7 ޑޮކްޓަރުން ހިމެނޭ
 
ޗައިނާ ސަރުކާރުން ހޯމަ ދުވަހު ކެމްބޯޑިއާއަށް ޓީމް ފޮނުވާފައިވޭ

ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޗައިނާއިން ކެމްބޯޑިއާއަށް މެޑިކަލް ޓީމެއް ފޮނުވައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނާ ޙަވާލާދީ އެ ޤައުމުގެ ނޫސްތަކުން ބުނާގޮތުން ޗައިނާ ސަރުކާރުން ހޯމަ ދުވަހު ކެމްބޯޑިއާއަށް ފޮނުވި މެޑިކަލް ޓީމުގައި 7 ޑޮކްޓަރުން ހިމެނޭއިރު، އޭގެ ތެރޭގައި ކޮވިޑް-19 ފަދަ ބަލިމަޑުކަމާއި ގުޅިގެން މަސައްކަތް ކުރުމުގެ ޚާއްސަ ތަޖުރިބާހުރި ޑޮކްޓަރުންވެސް ހިމެނެއެވެ.

މި ޓީމަކީ ސީދާ ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވިލަރެސްކޮށް އެކުލަވާލި ޓީމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ އިތުރުން ޗައިނާއިން ވަނީ ކެމްބޯޑިއާއަށް ޓެސްޓް ކިޓާއި، މާސްކުގެ އިތުރުން، ހަޒްމަޓް ސޫޓާއި އެހެނިހެން ސާމާނުވެސް ފޮނުވާފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، ކެމްބޯޑިއާއަށް ފޯރުކޮށްދިން އެހީތެރިކަމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅިގެންދިޔަ ފިޔަވަޅެއްގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ކުރުމަށްވެސް ހުޅުވިގެންދިޔަ ދޮރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކެމްބޯޑިއާއަށް އެހީތެރިވެ، ސަރަޙައްދީ ޤައުމުތަކުގެ ސިއްޙީ ނިޒާމު ވަރުގަދަ ކުރުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކެމްބޯޑިއާއިން މިހާތަނަށް ކޮވިޑް-19 ގެ 86 ކޭސްްއެއް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 2 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ކެމްބޯޑިއާއިން ވައިރަސްގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް