ކ. މާލެ
|
23 މާރޗް 2020 | ހޯމަ 03:47
މި އެންގުންތަކާ ޚިލާފުވާ ފަރާތްތައް ފުލުހުން މޮނިޓަރކޮށް، އެ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ
މި އެންގުންތަކާ ޚިލާފުވާ ފަރާތްތައް ފުލުހުން މޮނިޓަރކޮށް، އެ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ
އަލްޖަޒީރާ
ކޮވިޑް-19
ކޮވިޑް-19: ޖަރުމަނުގައި 2 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކުރަނީ
 
ރެސްޓޯރެންޓުތައްވެސް އާންމުންނަށް ބަންދުކޮށް، ހަމައެކަނި ޓޭކް-އަވޭއަށް ހުއްދަ ދީފައިވޭ
 
އެއް ގޭބިސީއެއްގައި އުޅޭ މީހުންނާއި، ވަޒީފާގެ ގޮތުން ނުކުންނަން ޖެހޭ މީހުން އިސްތިސްނާވޭ
 
ޖަރުމަނުވިލާތުން 24،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ޖަރުމަނުވިލާތުގައި 2 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާ ކުރުމަށް ނިންމައިފިއެވެ.

އާދިއްތަ ދުވަހު އެ ޤައުމުގެ ސަރުކާރުން ނިންމި މި ނިންމުމާ ގުޅޭގޮތުން ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ، 2 މީހުންނަށްވުރެ ގިނަ މީހުންގެ ގްރޫޕުތަކުން އާންމުންގެ ތެރޭގައި ނުކުމެ އުޅުން މަނާކޮށްފައިވާ ކަމަށެވެ. އެގޮތުން އެއް ގޭބިސީއެއްގައި އުޅޭ މީހުންނާއި، ވަޒީފާގެ ގޮތުން ނުކުންނަން ޖެހޭ މީހުން އޭގެ ތެރެއިން ވަނީ އިސްތިސްނާކޮށްފައެވެ.

އޭގެ އިތުރުން، މި އެންގުންތަކާ ޚިލާފުވާ ފަރާތްތައް ފުލުހުން މޮނިޓަރކޮށް، އެ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ރެސްޓޯރެންޓުތައްވެސް އާންމުންނަށް ބަންދުކޮށް، ހަމައެކަނި ޓޭކް-އަވޭއަށް ހުއްދަ ދީފައިވާއިރު، މިވަގުތުގެ ޙާލަތަށް ބަލައި މަދުވެގެން 2 ހަފްތާއަށް މި ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިޔަވަޅުތަކާ ގުޅޭގޮތުން ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާރކެލް ވިދާޅުވީ، މި ފިޔަވަޅުތަކުގެ ބޭނުމަކީ ވައިރަސްއިން ރައްކާތެރިވުމަށް އެކަށީގެންވާ ވަގުތު ހޯދުން ކަމަށެވެ.

އެންގެލާ އެހެން ވިދާޅުވެފައިވާއިރު، އެކަމަނާއަށް ފަރުވާދިން ޑޮކްޓަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެކަމަނާވެސް ހުންނެވީ ގެކޮޅުގައި އަމިއްލަފުޅަށް ކަރަންޓީންވެވަޑައިގެންފައެވެ.

ޖަރުމަނުވިލާތުން 24،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 93 މީހަކު ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް