ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 23:25
ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާރކެލް
ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާރކެލް
ގޫގުލް
ކޮވިޑް-19
ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކެލް އަމިއްލަފުޅަށް ކަރަންޓީންވެ ވަޑައިގެންފި
 
ގެކޮޅުގައި ހުންނަވައި ޗާންސެލަރުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނެ
 
އަމިއްލަ ގެކޮޅުގައި ކަރަންޓީންވެވަޑައިގެންފައިވޭ
 
އެކަމަނާ ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ޑޮކްޓަރަކާއި ހުކުރު ދުވަހު ބައްދަލުކުރައްވާފައި

ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާރކެލް އަމިއްލަ ގެކޮޅުގައި ކަރަންޓީން ވެވަޑައިގެންފިއެވެ.

ޖަރުމަނުގެ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަންގެ ލީޑަރުކަންވެސް ކުރައްވާފައިވާ އެންގެލާގެ ތަރުޖަމާނާއި ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާގޮތުން އެންގެލާ ކަރަންޓީން ކޮށްފައިވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ޑޮކްޓަރަކާއި ހުކުރު ދުވަހު ބައްދަލުކުރެއްވި ފަހުންނެވެ.

އެކަމަނާއަށް ޑޮކްޓަރު ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވުމާއެކު އަމިއްލަ ގެކޮޅުގައި ކަރަންޓީން ވެވަޑައިގެންފައިވެއެވެ. އެގޮތުން ޖަރުމަނުގެ ސަރުކާރުގެ ތަރުޖަމާނާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން އެކަމަނާ ގެކޮޅުގައި ހުންނަވައި ޗާންސެލަރުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނެއެވެ.

އަދި ޤަވާއިދުން އެކަމަނާގެ ޓެސްޓުތައް ހައްދަވައި، ހާލަތު މޮނިޓަރ ކުރައްވަމުން ގެންދަވާނެ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޖަރުމަނުވިލާތުން 24،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 93 މީހަކު ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް