ކ. މާލެ
|
21 މާރޗް 2020 | ހޮނިހިރު 13:56
މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 280،000 އަށްވުރެ ގިނަ
މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 280،000 އަށްވުރެ ގިނަ
ގޫގުލް
ކޮވިޑް-19
ކޮވިޑް-19: ޔޫރަޕްގެ ޤައުމުތައް ވައިރަސްގެ މައި ހަބަކަށް!
އިޓަލީން މި ވައިރަސްގައި މަރުވި މީހުންގެ އަދަދު 4000 އަށްވުރެ ގިނަ
ސްޕެއިން އިން މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21،000 އަށްވުރެ ގިނަ
ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 11،528 އަށް އަރާފަ

މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑް-19 އެންމެ ގިނައިން ފެތުރޭ ޤައުމުތަކުގެ ލިސްޓުގެ ކުރީގައި ޔޫރަޕްގެ ޤައުމުތައް ހިމެނިއްޖެއެވެ.

ކޮވިޑް-19 ގެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޔޫރަޕްގެ ޤައުމެއް ކަމަށްވާ އިޓަލީން މި ވައިރަސްގައި މަރުވި މީހުންގެ އަދަދު ވަނީ މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޤައުމު ކަމަށްވާ ޗައިނާއަށްވުރެވެސް އިތުރުވެފައެވެ. އެގޮތުން އިޓަލީން މި ވައިރަސްގައި މަރުވި މީހުންގެ އަދަދު 4000 އަށްވުރެ އިތުރުވެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން ހުކުރު ދުވަހު އެކަނިވެސް އިޓަލީން 627 މީހުން ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ. އަދި މިއީ ފާއިތުވި 4 ހަފްތާގެ ތެރޭގައި އެ ޤައުމުން އެއް ދުވަހެއްގައި މިހައި ގިނަ މީހުން މަރުވި ދުވަހުގެ ގޮތުގައި ވަނީ ރެކޯޑް ކުރެވިފައެވެ.

ދެން އެންމެ ގިނައިން ވައިރަސް ފެތުރެމުންދާ ޤައުމުތަކަށް ޔޫރަޕްގެ ސްޕެއިންއާއި ޖަރުމަނުވިލާތް ހިމެނޭއިރު، ސްޕެއިން އިން މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21،000 އަށްވުރެ ގިނައެވެ. އަދި މަރުވި މީހުންގެ އަދަދު 1000 އަށްވުރެ ގިނައެވެ.

އޭގެ އިތުރުން، ޖަރުމަނުވިލާތުގައި މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 19،000 އަށްވުރެ ގިނައިރު، 68 މީހަކު ވަނީ ވައިރަސްގެ ސަބަބުން މަރުވެފައެވެ.

މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 280،000 އަށްވުރެ ގިނައެވެ. އަދި ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 11،528 އަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް