ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 00:40
ކޮވިޑް-19: ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން
ކޮވިޑް-19: ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން
ބިޒްނަސް އިންސައިޑަރ
ކޮވިޑް-19
ކޮވިޑް-19: ކުދި ޤައުމުތަކަށް އެހީވުމަށް ޗައިނާއިން ޑަބްލިއުއެޗްއޯއަށް 20 މިލިއަން ޑޮލަރު ހަދިޔާކޮށްފި
ޗައިނާގެ ސަފީރު ޒަންގް ލީ ޖޮންގ ކުރެއްވި ޓްވީޓެއްގައި އެކަން އިއުލާނު ކުރެއްވި
މިއީ ކުދި ޤައުމުތަކާއި، ސިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކަށް އެހީވުމަށް އެޅި ފިޔަވަޅެއް
ބަލިން ރައްކާތެރިވުމަށް ޗައިނާއިންވެސް އަޅަމުންދާ ފިޔަވަޅުތަކާމެދު އިތުބާރު އެބައޮތްކަމަށް އެ ޖަމިއްޔާއިން ބުނެފައިވޭ

ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމަށް އެކި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް ޗައިނާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް 20 މިލިއަން ޔޫއެސް ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޗައިނާ ސަރުކާރުން 20 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަން ހޮނިހިރު ދުވަހުގެރޭ ޗައިނާގެ ސަފީރު ޒަންގް ލީ ޖޮންގ ކުރެއްވި ޓްވީޓެއްގައި ވަނީ އިއުލާނު ކުރައްވާފައެވެ.

އެގޮތުން ޒަންގް ވިދާޅުވީ، މިއީ ކުދި ޤައުމުތަކާއި، ސިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކަށް ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތް ވުމަށް އެހީވުމުގެ ގޮތުން ޗައިނާއިން ވެދިން އެހީތެރިކަމެއް ކަމަށެވެ.

ޗައިނާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި ވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، އެ ބަލިން ރައްކާތެރިވުމަށް ޗައިނާއިން ވެސް އަޅަމުންދާ ފިޔަވަޅުތަކާމެދު އިތުބާރު އެބައޮތް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެގޮތުން ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރުމާއެކު، އެކަމުން ރައްކާތެރިވުމަށާއި، އެޤައުމުގެ ރައްޔިތުން އެކަމުން ސަލާމަތް ކުރުމަށް ޗައިނާ ސަރުކާރުން ވަގުތުން އެޅި ހަރުދަނާ ފިޔަވަޅުތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންނާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް ވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް